ޣައްޒާގައި ނުރައްކާތެރި ވައިރަހެެއް ފެތުރެނީ
31 އޯގަސްޓު 2025 - 15:14

ފަލަސްތީނުގެ ޣައްޒާއިން އިންފްލުއެންޒާގެ އާ ވައްތަރެއް ފެނިއްޖެއެވެ.
ޓެންޓުތަކުގައި ދިރިއުޅެމުންދާ ފަލަސްތީނު މީހުންނާއި ޣައްޒާގައި ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އިންފްލުއެންޒާގެ އާ ސްޓްރެއިންއެއް ހަލުވިކަމާއެކު ފެތުރެމުން ދިއުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

Ad by Hajj Corporation
ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދަނީ، މީހުން ގިނަވުމާއި، ސާފު ފެނާއި ވެންޓިލޭޝަން ނުލިބުމުގެ ސަބަބުންނާއި، އިސްރާއީލުން ޣައްަޒާގެ އާބާދީ އެއްތަނަކަށް ބަދަލުކޮށް، ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ސިއްހީ ހިދުމަތްތައް ދަށަށް ދިއުމުގެ ސަބަބުންނެވެ.
ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުންގެ ނަސްލު ނެތިކޮށްލުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 63,000އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.
ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަން ބައިނަލްއަޤްވާމީ މިންގަނޑުތަކުން ސާފުކޮށް ވަނީ ހާމަވެފައެވެ.