logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީންނާމެދު ފިޔަވަޅު އަޅަން ވިލާތުގެ ޤައުމުތަކުން ފަސްޖެހެނީ

އަޙްމަދު ޒަލީފް
31 އޯގަސްޓު 2025 - 16:07
ޔަހޫދީންނާމެދު ފިޔަވަޅު އަޅަން ވިލާތުގެ ޤައުމުތަކުން ފަސްޖެހެނީ

ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ މެދު ވިލާތުގެ ޤައުމުތަކުން ދެބަސްވެއްޖެއެވެ.

ވިލާތުގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ އޮގަސްޓު މަހުގެ 30ވަނަ ދުވަހު ޑެންމާކުގެ ކޯޕަންހޭގަންގައި ބައްދަލުކޮށްފައެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ވަނީ ޔަހޫދީންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުން ނަސްލު ނެތިކޮށްލުމަށް ވަރުގަދަ ޙަމަލާތައް އެ ސަހަރަށް ދޭން ފަށައިފައެވެ. ޙަމަލާތަކަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ޔަހޫދީން ވަނީ ޣައްޒާގެ 63،000 ރައްޔިތުން ޝަހީދުކޮށްލައިފައެވެެ.

Ad by Hajj Corporation

Ad by Hajj Corporation

އދއާއެކު މަސައްކަތްކުރާ ބަނޑުހައިހޫނުކަން ވަޒަންކުރާ ޖަމްޢިއްޔާއަކާއި އިންސާނީ އެހީދޭ ގިނަ ޖަމްޢިއްޔާތަކަކުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޣައްޒާއަށް އާންމުވެގެންވާ ބަނޑުހައިހޫނުކަމުގެ ޙާލަތެއް ކުރިމަތިވެފައިވާ ކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކުރުމުގައި ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ 27 ޤައުމުގެ ނަޒަރިއްޔާތު ތަފާތެވެ.

ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ގިނަ ޤައުމުތަކަކުން ވަނީ ޔަހޫދީންގެ ޖަރީމާތައް ކުށްވެރިކޮށްފައެވެ. ޚާއްޞަ ގޮތެއްގައި އާންމުން ޝަހީދުކުރުމާއި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއެޅުން އެ ޤައުމުތަކުން ކުށްވެރިކުރެއެވެ. ނަމަވެސް ޣައްޒާގެ ޙާލަތު ރަނގަޅު ކުރުމަށް ވިލާތުގެ އިއްތިޙާދަށް އެޅިދާނެ ފިޔަވަޅަކާމެދު ޤައުމުތަކުން ދެބަސްވެއެވެ.

ބައެއް ޤައުމުތަކުން ވަނީ ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ އިިޤްތިޞާދީ ފިޔަވަޅުތައް އަޅައި ފިއްތުންތައް ކުރިމަތިކުރުވުމަށް ގޮވާލައިފައެވެ. ނަމަވެސް އެ ފަދަ ފިޔަވަޅެއް އެޅުމަށް ބޭނުންނުވާ ކަމަށް ބައެއް ޤައުމުތަކުން ބުނެފައިވެއެވެ.

ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާބެހޭ އިސްވެރިޔާ، ކާޔާ ކަލަސް ވިދާޅުވީ ފަލަސްޠީނުގެ މައްސަލައިގައި ޤައުމުތަކަށް އެއް ގަލަކަށް ނޭރޭ ކަމަށެވެ. މައްސަލައާމެދު ހުރިހާ ޤައުމަކަށް އެއްބަސްނުވެވޭ ނަމަ އެ މައްސަލައާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ވިލާތުގެ އިއްތިޙާދަށް ބަހެއް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިޚަބަރު | 4 މަސް ކުރިންގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 6 މަސް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 7 މަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 7 މަސް ކުރިން