logo
ވިޔަފާރި

ރައީސްގެ ވައުދުފުޅާ އެއްގޮތަށް، މޯލްޑިވިއަނުން އެފްއައިޓީ ޓީކެޓުގެ އަގުހެޔޮކޮށްފި

ޢައްފާން މުޙައްމަދު
1 ސެޕްޓެމްބަރު 2025 - 09:47
މޯލްޑިވިއަންގެ ފަލްައިޓެއް ---
މޯލްޑިވިއަންގެ ފަލްައިޓެއް ---

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ފްރީ އިންޑިޕެންޑަންޓް ޓްރެވެލަރސް (އެފްއައިޓީ) ޓިކެޓުގެ އަގުހެޔޮކޮށްފިއެވެ.

ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރސް އަކީ، ޕްރީ ޕެކޭޖްޑް ބުކިންތައް ހައްދައިގެން ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން އައުމުގެ ބަދަލުގައި، ލޯކަލް ޓޫރިޒަމްގެ އެކިއެކި ޕްލެޓްފޯމްތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނެވެ. އެފްއައިޓީ ޓިކެޓަކީ އެ ފަރާތްތަކުން ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް އައުމަށްފަހު، ޑޮމެސްޓިކް އެހެން ވައިގެ ބަނދަރަކަށް ދިއުމަށްޓަކައި ނަގާ ޓިކެޓެވެ. އެ ޓިކެޓުތަކުގެ އަގު ގިނަ ފަހަރު ހުންނާނީ އާންމު ގޮތެއްގައި ޓިކެޓު ހުންނަ އަގަށްވުރެ ދެ ގުނަ އަގުބޮޑުކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަނުން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ލޯކަލް ޓޫރިޒަމް ފުޅާކޮށް ޕްރޮމޯޓުކުރުމަށް ގައުމީ އެއާލައިނުން ކޮށްދެވެން ހުރި މަސައްކަތްތައް ވިލަރެސްކޮށް، ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި، މިހާރު ހުރި އަގުތަކަށްވުރެ އެފްއައިޓީ ޓިކެޓުތަކުގެ އަގުތައް އެވްރެޖް ގޮތެއްގައި 15 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށެވެ.

މި ބަދަލާއެކު، އެފްއައިޓީ ޓިކެޓުގައި އަންނަ ފަތުރުވެރިންނަށް، ރިސޯޓުތަކުގެ ބަދަލުގައި ރަށްރަށުގައި ގާއިމްކުރެވިފައިވާ ފަތުރުވެރިކަމުގެ އެކިއެކި ޚިދުމަތްތައް ހޯދުމަށް އަގުހެޔޮވުމުން، އެ ފަރާތްތަކުން އެ ޚިދުމަތްތައް އިހްތިޔާރުކުރާ މިންވަރު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މިއާއެކު ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް، އިތުރު ފުރުސަތުތަކެއް ލިބި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ އޭގެ މަންފާ ލިބެންފަށާނެކަމަށް މޯލްޑިވިއަން އިން ގަބޫލުކުރެއެވެ.

މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގައުމީ އެއާލައިންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙީމް އިލްޔާސް ވިދާޅުވީ، މި ބަދަލުން ދައްކުވައިދެނީ، ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް މޯލްޑިވިއަން އިން ދޭ އަހައްމިއްޔަތުކަމާއި، އެ އެއާލައިން މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް، ފެންވަރު ރަނގަޅު، އަގުހެޔޮ ޚިދުމަތެއް ފޯރުކޮށްދިނުމަށް މޯލްޑިވިއަން އިން ކުރަމުންދާ މަސައްކަތް ކަމަށެވެ.

މޯލްޑިވިއަން އިން މިހާރު ވެސް، ލޯކަލް ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ލޯކަލް ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަ ކޯޕަރޭޓް ރޭޓްތަކެއް ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފުޅާ ދާއިރާއެއްގައި އެތެރޭގެ އުދުހުންތައް ކުރާ އެއާލައިންގެ ހައިސިއްޔަތުން މޯލްޑިވިއަން އިން މިހާރު ވެސް ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރެއެވެ.

މޯލްޑިވިއަން އިން ބުނީ، އެފްއައިޓީ ޓިކެޓު ނެގުމަށްޓަކައި، މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓު، https://www.maldivian.aero/ ވެސް އަދި މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން ވެސް ބޭނުންކުރެވޭނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަދޫގައި ސީޕްލޭން ދަތުރުތައް ފަށަނީޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެއާއި ޗައިނާއާ ދެމެދު 11 އެއްބަސްވުމެެއްގައި ސޮއިކޮށްފި ޚަބަރު | 21 ގަޑިއިރު ކުރިންޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | ދުވަހެއް ކުރިން