logo
MPL

MPL

ޚަބަރު

ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު މައްސަލައެއްގައި ކަސްޓަމަސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި

އިސްމާޢިލް ރާތިޢު
29 އޮކްޓޯބަރު 2025 - 05:39
ކަސްޓަމްސް އޮފީސް ހިންގާ އިމާރާތް
ކަސްޓަމްސް އޮފީސް ހިންގާ އިމާރާތް

ވަގަށް ރާއްޖެ އެތެރެކުރަންަ އުޅުނު މައްސަލައެއްގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަޤާމުން ވަކިކޮށްފިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ފޮނުވި ސިޓީގައި ހިއްސާކޮށްފއަިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުން ވަކިކުރެއްވި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރަމުން ގެންދާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން، ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގަވާފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ވަނީ މިމަހުގެ 27 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައެވެ. މި ރިޕޯޓުގައި ވަނީ ހަތަރު އިދާރާއެއްގެ ހިންގުން އިސްލާހުކުރަން އަންގާފައެވެ. މި އިދާރާތަކަކީ: މޯލްޑިވްސް ކަސްޓަމްސް ސަރވިސް، ދާޚިލީ ވުޒާރާ، ދަތުރުފަތުރާބެހޭ ވުޒާރާ އަދި ދިވެހި ފުލުހުންގެ ޚިދުމަތެވެ.

އަދި ކަސްޓަމްސް އޮފިސަރުންގެ ވާޖިބާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ކަށަވަރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް އެޅުމަށާއި ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ މުވައްޒަފުންގެ މައްސަލަތައް ބަލާ އެފަދަ މުވައްޒަފުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަާ، މިކަމަށް ޓައިމްލައިނެއް ތައްޔާރުކޮށް 241 ކޮމިޓީއަށް އެންގުމަށް މި ރިޕޯޓުަގއި ކަސްޓަމްސަށް އަންގާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 3 ގަޑިއިރު ކުރިންއދ.އަކީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާން ޖެހޭނެ: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | 11 ގަޑިއިރު ކުރިންއިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | ދުވަހެއް ކުރިން