logo
ކުޅިވަރު

ކެރަމް ވޯލްޑްކަޕް މިއަހަރުވެސް ރާއްޖޭގައި

އާމިނަތު ޝަފާ
2 ސެޕްޓެމްބަރު 2025 - 04:38
ކެރަމް ވޯލްޑްކަޕް މިއަހަރުވެސް  ރާއްޖޭގައި

އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)އިން އިންތިޒާމުކޮށްގެން މިއަހަރުގެ ޑިސެމްބަރުމަހު ބާއްވަން ނިންމާފައިވާ 7 ވަނަ ކެރަމް ވޯލްޑް ކަޕް މިއަހަރު ބާއްވަން ނިންމާފައިވަނީ ރާއްޖޭގައިކަން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށް ހެންވޭރު ބޯޅަގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އައިސީއެފްއިން އިންތިޒާމުކުރާ މިމުބާރާތް ކުރިއަށްގެންދާނީ ކުޅިވަރު ވުޒާރާއާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންކަމަށެވެ.

20 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުންނާއި އެކު މުބާރާތް ފަށަންތައްޔާރުވަމުން އަންނައިރު، މި މުބާރާތުގެ ކުޅުންކުރިއަށްދާނީ ބާރސެލޯ ނަސަންދުރައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން، 2014 ވަނަ އަހަރު ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވާފައިވާއިރު މިދިޔަ އަހަރު ރާއްޖޭގައި ވަނީ، އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ. އެ މުބާރާތުގައި، ހަތް ގައުމަކުން ޖުމްލަ 80 ކުޅުންތެރިން ވާދަކުރި އެވެ.

ކެރަމް މުބާރާތްތަކުން ރާއްޖެއިން އަންނަނީ ރަން ވަނަތަކެއް ހާސިލުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެރަމް ވޯލްޑްކަޕް މިއަހަރުވެސް ރާއްޖޭގައި ކުޅިވަރު | ދުވަހެއް ކުރިން