logo
MPL

MPL

ޚަބަރު

ތިލަފުށީގައި ތަރައްޤީކުރާ ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

އާމިނަތު ޝަފާ
2 ސެޕްޓެމްބަރު 2025 - 05:30
ތިލަފުށީގައި ތަރައްޤީކުރާ ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިތަވަހީގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކުންފުނިން ވަނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލާފައިވާކަން ހާމަކޮށްފައެވެ. މި މަޝްރޫޢޫގެ ދަށުން އެމްޓީސީސީން ވަނީ 60 މީޓަރުގެ އެތެރެ ތޮށްޓެއްލުމާއި، އިތުރު 15 މީޓަރުގެ ތޮއްޓެއްލުމުގެ މަސައްކަތުގެ އިތުރުން، ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއު ނިމުމުން މާލޭ ކޮމާޝަލް ހާބަރު (އެމްސީއެޗް) އާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް (އެޗްއައިޓީ) ގައި މިހާރު ރައްކާކޮށްފައިވާ ހުރިހާ ހުސް ކޮންޓެއިނަރުތަކެއް ބަދަލުކުރުމުގެ މަސައްކަތް ފަށާނެއެވެ.

ފުރަތަމަ ފިޔަވަހީގައި ދަށުން މާލޭ ވިޔަފާރި ބަނދަރުގެ ބައެއް އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމާއި މާލެ އާއި ހުޅުލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ގިނަ ކަންކަން ކުރަން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އިލެކްޓްރިކަލް އިންސްޓޯލްމަންޓްތަކާއި، ވެލްފެއާ ސެންޓަރެއް ގާއިމްކުރުމާއި، ހުސް ކޮންޓެއިނަރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދެއް ތަރައްގީކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން 375 މީޓަރުގެ ބައިނަލްއަގްވާމީ ބަނދަރަކާއި ކޮންޓެއިނަރު މުދާ އުފުލާ ސްޓޭޝަނަކާއި 2.3 ކިލޯމީޓަރުގެ ޑޮމެސްޓިކް ކުއީ ވޯލްއެއް ގައިުކޮށް މާލެ އާއި ހުޅުމާލޭގައި މިހާރު ހުރި 3،000 ކޮންޓެއިނަރުގެ ކެޕޭސިޓީ 10،000 އަށް އިތުރުކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 255 މިލިއަން އެމެރިކާ ޑޮލަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސީ ލައިން އެޕްގެ މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ޕޮލިހަށްޚަބަރު | 13 ގަޑިއިރު ކުރިންފަރެސްމާތޮޑާ ދެއަވަށުގެ ދެމެދުގައި ނުހިއްކައި އޮތް ސަރަޙައްދު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 17 ގަޑިއިރު ކުރިންވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢުތައް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | ދުވަހެއް ކުރިންޓެކްސީ އެޕްގެ ޒާތީ މައުލޫމާތު ލީކު ކުރީ އެމްޓީސީސީގެ މުވައްޒަފެއްޚަބަރު | 2 ދުވަސް ކުރިން