logo
ޚަބަރު

އަތޮޅު ފެރީތަކަށް ފަަސޭހަކުރުމަށް ހެންވޭރު ޓާމިނަލް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

އާމިނަތު ޝަފާ
4 ސެޕްޓެމްބަރު 2025 - 15:56
އަތޮޅު ފެރީތަކަށް ފަަސޭހަކުރުމަށް ހެންވޭރު ޓާމިނަލް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނު މަގު މަޝްރޫޢު ކުރިއަށްގެންދިއުމަށް އެމްއެމްއޭ ސަރަހައްދާއި އިންވެގެން އޮންނަ ފަޅު ބަންދުކޮށްފައިވާތީ އެ ފަޅު ބޭނުން ކުރާ އަތޮޅު ފެރީ އުޅަނދުތަކަށް ހެންވޭރު ޓާމިނަލް ބޭނުން ކުރެވޭނެ އިންތިޒާމް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެ ކުންފުނީގެ ޓްރާންސްޕޯޓް ސްޕެޝަލިސްޓް އައިޝަތު ސަމާލީލް ވިދާޅުވީ އެމްއެމްއޭ ސަރަހައްދުގެ ފަޅަކީ ވަރަށް ގިނަ ލޯންްޗް ފެރީތަކުން ބޭނުން ކުރަމުންގެންދާ ސަރަހައްދަކަށްވާއިރު މި ފަޅު ބަންދު ކުރުމުން، ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ހެންވޭރު ފެރީ ޓާމިނަލް ފަޅު ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަަމަށެެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެގޮތުން އަތޮޅު ލޯންޗް ފެރީތަކުން މީހުން އަރުވާ ބޭލުމަށްޓަކައި، މިހާރު ހެންވޭރު ޓާމިނަލްއާ އިންވެގެން އޮންނަ ސަރަހައްްދު ބޭނުން ކުރެވޭނެ.ވީމާ އަތޮޅު ފެރީ ލޯންޗްތަކުން ފުރަން 10 މިނެޓަށް ވުމުން ފަޅަށް ވަދެ މީހުން އެރުވުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް.މި ސަރަހައްދު ބޭނުން ކުރުމުގައި އެމްޓީސީސީން ހަމަޖައްސާފައިވާ އިންތިޒާމުގެ ސަބަބުން އަތޮޅު ފެރީ އޮޕަރޭޓްކޮށް އަދި ބޭނުން ކުރާ ފަރާތްތަކަށް އެމްއެމްއޭ ސަރަހައްދު ބަންދު ކުރުމުން، ލިބިގެންދާ ދަތިތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށް ކުންފުނިން އުއްމީދު ކުރަން". އެމްޓީސީސީގެ ޓްރާންސްޕޯޓް ސްޕެޝަލިސްޓް އައިޝަތު ސަމާލީލް

 

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ.

ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަސައްކަތް ކުރާނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

މިމަޝްރޫޢާއެކު މާލޭގެ މަލަމަތި ރީތިވުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުން އަންނަ މިސަރަހައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އޮފީސް އަދި ވިޔަފާރިތަކާއި މާލޭ މަސްމާރުކެޓު އަދި ދަތުރުވެރިންގެ މާރުކޭޓު ހުންނަ މިސަރަހައްދު ތަރައްގީވުމާއެކު ގިނަ ބަޔަކަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަތޮޅު ފެރީތަކަށް ފަަސޭހަކުރުމަށް ހެންވޭރު ޓާމިނަލް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިޚަބަރު | 9 ގަޑިއިރު ކުރިން5 އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިމަހު ފަށަނީޚަބަރު | 2 ދުވަސް ކުރިންތިލަފުށީގައި ތަރައްޤީކުރާ ލޮޖިސްޓިކް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިޚަބަރު | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްޚަބަރު | 3 ދުވަސް ކުރިން