logo
ކުޅިވަރު

ގައުމީ ޓީމުގެ މެނޭޖަރަކަށް އައްބު އައްޔަނުކޮށްފި

އާމިނަތު ޝަފާ
2 ސެޕްޓެމްބަރު 2025 - 10:00
ފޮޓޯ؛ ފަޔާޒު މޫސާ، މިހާރު
ފޮޓޯ؛ ފަޔާޒު މޫސާ، މިހާރު

ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމަށް ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ އެކްސްކޯ މެމްބަރު އަހުމަދު އައްބާސް (އައްބު) ހަމަޖައްސައިފިއެވެ.

އައްބު މިހާރުވެސް މަސައްކަތްކުރަމުން ދަނީ އެފްއޭއެމްގެ އެކްސްކޯ މެމްބަރެއްގެ ގޮތުގައިކަމަށްވާއިރު މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ މަސްލަހަތު ފުށުއަރާކަމަށްބުނެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދަށުން އަބްދުﷲ ޝިބާއުވެސް ވަނީ ގައުމީ ޓީމުގެ މެނޭޖަރުކަމާއި އެކްސްކޯ މެންބަރުކަން އެއްފަހަރާ އަދާކޮށްފައެވެ.

މިހާރު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު ލަންކާ މުބާރާތަށް ގައުމީ ޓީމު ތައްޔާރުވާނީ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް އަލަށް ހަމަޖައްސާފައިވާ މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗުތައް ވެގެންދާނީ މޯހަންގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗުތަކެވެ.

ގައުމީ ފުޓްބޯޅަ ޓީމުން ލަންކާއާ ދެކޮޅަށް ކޮލަމްބޯގައި ކުޅޭ 2 މެޗު އޮތީ އަންނަ މަހުގެ 6 ވަނަ ދުވަހާއި 9 ވަނަ ދުވަހު އެވެ.


އަންނަ ސެޕްޓެމްބަރު މަހުގެ 4 އިން 10 އަށް ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ސުޕަ ކަޕް 2025 ފުޓްބޯޅަ މުބާރާތަށް ދިޔުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ސީނިއަރ ފިރިހެން ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް ނަގާފައިވާ ކުޅުންތެރިންގެ ލިސްޓު މިހާރުވަނީ އިއުލާނުކޮށްފައެވެ.

ލަންކާގެ މެޗުތަކަށް ގައުމީ ޓީމު ފުރާނީ އަންނަ މަހު 4 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ޓީމުގެ މެނޭޖަރަކަށް އައްބު އައްޔަނުކޮށްފިކުޅިވަރު | ދުވަހެއް ކުރިން