logo
ޚަބަރު

ނުގެންގޮސް ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ

އަޙްމަދު ޒަލީފް
3 ސެޕްޓެމްބަރު 2025 - 12:24
ނުގެންގޮސް ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ

މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާތައް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ މުދާ ބެލުމުގެ ފުރުސަތު ސެޕްޓެންބަރު 16 ވަނަ ދުވަހުގެ ހަވީރު 4:30 ގައި ހުޅުވާލެވޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މުދާ ބެލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ދުވަހުގެ 3:30 ގެ ކުރިން އޮކްޝަން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ކުރަންޖެހޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނީލަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 18 އަށެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި ސްކްރެޕްގެ ގޮތުގައި ނީލަމުން ނަގާ މުދާ ކްލިއަރ ކުރެވޭނީ ހަމައެކަނި ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްއިން ނަގަންޖެހޭ ކެމިކަލް ޕާމިޓް ފަދަ ހުއްދަތައް ނަގަންޖެހޭނީ މުދާ ނީލަމުން ނަގާ ފަރާތުންނެވެ. މުދާ ކްލިއަރ ކުރުމަށް 10 ދުވަހުގެ ހިލޭ ސްޓޯރޭޖް މުއްދަތެއް ދެވޭނެއެވެ.

މި ނީލަން ކުރިއަށް ގެންދެވޭނީ 2022 އޮކްޓޫބަރު 17 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ މުދާ ނީލަންކިޔުމުގެ ގަވާއިދުގެ ދަށުންނެވެ. އަދި މި ނީލަމުގައި ނުވިކޭ މުދާ ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްއިން ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު 5.4 އިންސައްތަ އިތުރުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންނުގެންގޮސް ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ ޚަބަރު | 11 ދުވަސް ކުރިންކުޅުދުއްފުށީ ޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަށް އެމްޕީއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 19 ދުވަސް ކުރިންފެރީގެ ހިދުމަތް ނުހުއްޓިދިނުމަށް އެމްޕީއެލުން 2 ސަރަޙައްދެއް ހަމަޖައްސައިފި ޚަބަރު | 24 ދުވަސް ކުރިން