logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕީއެލްއިން ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު 5.4 އިންސައްތަ އިތުރުވެއްޖެ

ޝަހްޒާ މުހައްމަދު
14 ސެޕްޓެމްބަރު 2025 - 04:55
ދިވެހި މަސައްކަތްތެރިން އެމްޕީއެލް ސަރަހައްދުގައި
ދިވެހި މަސައްކަތްތެރިން އެމްޕީއެލް ސަރަހައްދުގައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ އޮގަސްޓް މަހު ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު, ޖުލައި މަހާ އަޅާބަލާއިރު 5.4 އިންސައްތަ އިތުރުވެއްޖެއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓް މަހު އެކުންފުނިން ވަނީ 6،663 ޓީއީޔޫސް ކްލިއަރކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮގަސްޓް މަހު ކްލިއަރކުރެވުނު ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރު ހިމެނެއެވެ. މިއީ ޖުލައި މަހު ކްލިއަރކުރެވުނު 6،320 ޓީއީޔޫސްއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. މީގެ ތެރޭގައި 71،037 ޓަނުގެ ބިހާއި، 55،581 ޓަނުގެ ފިޔާ، އަދި 31،966 ޓަނުގެ ކަރާ ހިމެނެއެވެ.

ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 155 ކޮންޓެއިނަރ ކްލިއަރކުރެވިފައިވާއިރު، މިއީ ޖުލައި މަހާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުލައި މަހު ދުވާލަކަށް އެވްރެޖްކޮށް ކްލިއަރކުރެވިފައިވަނީ 145 ކޮންޓެއިނަރެވެ.

އެމްޕީއެލްއިން ވަނީ އެކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މީގެ ތެރޭގައި ހުޅުމާލެ ޓާމިނަލްގައި އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުން ހިމެނެއެވެ. މި ނިޒާމް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓް ވައްކަން:ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިޚަބަރު | ދުވަހެއް ކުރިންއެމް.ޕީއެލްގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ޚިދުމަތް ފަށައިފި ވިޔަފާރި | 5 ދުވަސް ކުރިންދެކުނުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށް ބިޒްނަސް ފޯރަމްއެއް ބާއްވައިފި ވިޔަފާރި | 8 ދުވަސް ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 15 ދުވަސް ކުރިން