ގުޅިފަޅުން ގޯތި ދޫކުރުން: އިން ވަކިކޮށް ކަޑަޖެހުމުގެ މަސައްކަތް ފަށައިފި
3 ސެޕްޓެމްބަރު 2025 - 15:30

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ބިން ސާފުކޮށް، އިން ވަކިކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ފަށައިފިއެވެ.
ގޯތިލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ ކުރިން، އެފަރާތްތަކާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ވުޒާރާއިން މިހާރުވެސް ކުރަމުން އަންނައިރު މިހާތަނަށް ޖުމްލަ 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، ކުރިން އެ ވުޒާރާ ހިންގި އިމާރާތުގެ ބިމުގައެވެ.
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުރިން ގޯތިތަކަށް ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓްރީ ހޯދުމަށް ވަނީ ހުޅުވާލާފައެވެ.
ގުޅިފަޅު ލޭންޑްޔޫޒް ޕްލޭން ބަދަލުކުރުމަށް ނިންމާފައިވަނީ، ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް، މިހާރު ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ހަމަޖެއްސުމަށްޓަކަ އެވެ. މި ބަދަލާ ގުޅިގެން ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައެޅުމަށް ގުރުއަތު ނެގުންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގޯތި ލިބިފައިވާ ފަރާތްތައް ރަޖިސްޓްރީއާ ޙަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.

-01.jpg&w=3840&q=75)
