logo
Bank of Maldives

Bank of Maldives

ޚަބަރު

ވ. ތިނަދޫ އާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި

އާމިނަތު ޝަފާ
3 ސެޕްޓެމްބަރު 2025 - 16:21
ވ. ތިނަދޫ އާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި

ވ. އަތޮޅުގެ ދެ ރަށެއްގައި ކުނި މެނޭޖުކުރުމުގެ މަރުކަޒުތައް ބިނާކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮޖެކްޓުގެ ދަށުން ކުނި މެނޭޖުކުރުމުގެ މަރުކަޒުތައް ބިނާކުރަނީ  ވ. އަތޮޅު ފެލިދޫ އަދި އެއަތޮޅު ތިނަދޫގައެެވެ.

އެގޮތުން ވ. ތިނަދޫ އާއި ވ. ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް، ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 3,835,321.49ރ (ތިންމިލިއަން އަށްލައްކަ ތިރީސްފަސްހާސް ތިންސތޭކަ އެކާވީށް ރުފިޔާ ސާޅީސްނުވަ ލާރި) އެވެ.

މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަހްމަދު ނިޒާމެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ. މިދެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީންވަނީ މީގެކުރިން މިރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނެއެވެ.

މި މަރުކަޒުތައް ގާއިމުކުރުމުން، ވ. އަތޮޅުގެ މި ދެ ރަށުގެ ކުނި ނައްތާލުމުގެ ކަންކަން ހަރުދަނާވެ، ރައްޔިތުންނަށް ދުޅަހެޔޮ މާހައުލެއް ލިބިގެންދާނެކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްއިން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވ. ތިނަދޫ އާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަން ހަވާލުކޮށްފިޚަބަރު | 7 މަސް ކުރިން