logo
Bank of Maldives

Bank of Maldives

ޚަބަރު

ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވެއްޖެ

އާމިނަތު ޝަފާ
5 ސެޕްޓެމްބަރު 2025 - 07:00
ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވެއްޖެ

ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތަކަށް ހާއްސަ އަގުތަކެއް ހަމަޖައްސައިފިއެވެ.

ގައުމީ އެއާލައިނުން ޝަންހާއީ، ޗެންގްދޫ އަދި ބެއިޖިންއަށް ސީދާ ދަތުރުތައް ކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ޕްރޮމޯޝަނަލް ފެއާގެ ދަށުން ބެއިޖިންގ އާއި ޝަންހާއީއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ ފެށޭ އަގަކީ 499 ޑޮލަރެވެ. ޗެންޑޫއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް އަގަކީ 449 ޑޮލަރެވެ.

މޯލްޑިވިއަންގެ ހާއްސަ ޕްރޮމޯޝަނަލް ފެއާ އޮކްޓޯބަރު މަހުގެ 28 އިން ނޮވެމްބަރު 15 އަށް ވަނީ ހަމަޖައްސާފައެވެ. ޗައިނާއަށް ކުރާ ދަތުރުތަކަށް ދިވެހިންނަށް ހިލޭ ވިސާ ލިބޭނެއެވެ.

 ތިން ސިޓީއަށް ކުރާ ދަތުރުތަކުގެ ގަޑިތައް ތާވަލުކޮށްފައިވަނީ ޗުއްޓީ ހޭދަކުރަން ދާ އާއިލާތަކަށާއި، ވިޔަފާރި ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކަށްވެސް އެންމެ ފަސޭހަވާނެ ގޮތަށެވެ.

މިގޮތުން، މާލެއިން ހެނދުނު ފުރައިގެން، ޗައިނާއަށް ފްލައިޓު ޖައްސާނީ ޗައިނާއަށް ހެނދުނުގެ ވަގުތުތަކުގައެވެ. ހަމައެހެންމެ، އެނބުރި ރާއްޖެއަށް އަންނަ ފްލައިޓުތައް ތާވަލުކޮށްފައިވަނީ މާލޭ ގަޑިން ހެނދުނު ވަގުތުތަކަށް ކަމަށްވާތީ، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ޝެޑިއުލްތަކަށްވެސް ފަސޭހަވާނެއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ޗައިނާއަށް ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ.

މޯލްޑިވިއަންގެ އެ މަތިންދާ ބޯޓަކީ އެއްވެސް ތަނަކު ނުޖައްސާ 13،000 ކިލޯމީޓަރަށް ސީދާ ދަތުރުކުރުމުގެ ކެޕޭސިޓީ ލިބިފައިވާ މަތިންދާ ބޯޓެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ދެ މަންޒިލަކަށް މޯލްޑިވިއަންގެ ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮ ދަތުރުތަކެއްޚަބަރު | 22 ދުވަސް ކުރިންއަޒަރުބައިޖާން އެއަރލައިނުން އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރެވޭ އެއްބަސްވުމެއްވިޔަފާރި | މަހެއް ކުރިންބޮޑު ޗުއްޓީގައި މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް މެލޭޝިއާ އަދި ބެންކޮކަށްޚަބަރު | 2 މަސް ކުރިންޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވެއްޖެޚަބަރު | 2 މަސް ކުރިން