logo
ޚަބަރު

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަދޫގައި ސީޕްލޭން ދަތުރުތައް ފަށަނީ

އައިމިނަތު މޫސާ
3 ސެޕްޓެމްބަރު 2025 - 05:46
އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަދޫގައި ސީޕްލޭން ދަތުރުތައް ފަށަނީ

އަންނަ ހަފުތާގައި ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ކަމަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުޙއްމަދު މުއިއްޒު މިދިޔަމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން އެރަށަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުުވަހު ކަމަށް މޯލްޑިވިއަނުން ވަނީ އިއުލާންކޮށްފައެވެ.

މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި ކަމަދޫއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މިއާއެކު ދިވެހިންނަށް ހާއްސަ ފެއަރއެއްވެސް އެ އެއާލައިނުން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން، މާލެއިން ކަމަދުއަށް ސީޕްލޭންގެ ޓިކެޓެއްގެ އަގު އުޅެނީ 1199 ރުފިޔާއަށެވެ.

ކަމަދޫއަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ރަށެކެވެ. އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި ރަށަށްވެސް އިގްތިސާދީގޮތުން ގިނަ ފައިދާތަކެއް ވެގެންދާނެއެވެ.


ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށުގައި ސީޕްލޭންގެ ހިދުމަތް ފެށުމަކީ އެ ރަށަށް އިގްތިސޯދީ ގޮތުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


ގުދުރަތީ ރީތިކަމާއި ރަށުގެ ފެހިކަންގަދަ ގަސްތަކާއި، ހިތްހެޔޮ ރައްޔިތުންގެ ސަބަބުން ކަމަދޫއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެ ރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތަކެއް އޮޕަރޭޓްކުރަމުންދާއިރު ކަމަދޫއަކީ ދަރަވަންދޫއަށްފަހު ބ. އަތޮޅުން އެންމެ ގިނަ އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނެރެދީފައިވާ ރަށެވެ.

ކަމަދޫގައި އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ސީޕްލޭން ދަތުރުތައް އެ ރަށަށް ފެށުމަކީ ރަށަށް ދާ ފަތުރުވެރިން އިތުރުވާނެ ކަމެކެވެ. މިއާއެކު ރަށުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.

ރައީސް ވިދާޅުވީ ކަމަދޫގެ އިގްތިސޯދީ ތަރައްގީއަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަދޫގައި ސީޕްލޭން ދަތުރުތައް ފަށަނީޚަބަރު | 2 ދުވަސް ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް، މޯލްޑިވިއަނުން އެފްއައިޓީ ޓީކެޓުގެ އަގުހެޔޮކޮށްފިވިޔަފާރި | 3 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފިޚަބަރު | 24 ދުވަސް ކުރިންސުކޫލު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ޝެޑިއުލްކޮށްފި ޚަބަރު | 2 މަސް ކުރިން