logo
MPL

MPL

ޚަބަރު

ފުރަތަމަ ފަހަރަށް އައްޑޫން ސައުދީގެ ޖިއްދާ އަށް ބާއްވާ ފްލައިޓު މިރޭ ފަތިހު ފުރަނީ

އައިޝަތު ނަޝާއައިޝަތު ނަޝާ
11 ޖުލައި 2026 - 17:52
ފުރަތަމަ ފަހަރަށް އައްޑޫން ސައުދީގެ ޖިއްދާ އަށް ބާއްވާ ފްލައިޓު މިރޭ ފަތިހު ފުރަނީ

އުމްރާގެ އަޅުކަން އަދާކުރުމަށް ފުރަތަމަ ފަހަރަށް އައްޑޫން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ބާއްވާ މަތިންދާ ބޯޓު މިރޭ ފަތިހު ފުރުމަށް ނިންމައިފި އެވެ.

އުމްރާގެ އަޅުކަމަށް ފުރަތަމަ ފަހަރަށް އައްޑޫން ސީދާ ސައުދީއަށް ބާއްވާ ފްލައިޓު މިރޭ ފަތިހު ފުރާއިރު، މި ދަތުރަކީ އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ދަ ޓްރެވެލާ އާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ބާއްވާ ފްލައިޓެކެވެ. މި ފްލައިޓުގައި ރާއްޖޭގެ ދެކުނުގެ ރަށްރަށުން ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ދާނެ ކަމަށް ދަ ޓްރެވެލާ އިން ހާމަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބޭނުން ކުރާނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ330 މަތިންދާ ބޯޓު ކަމަށެވެ.

އަމީނު ވިދާޅުވި ގޮތުގައި މިދަތުރަކީ އައްޑޫއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. މިކަން ހަގީގަތަކަށް ހެދުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި ލީޑަޝިޕަށް އަމީން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ގައުމީ އެއާލައިނުން ވަނީ ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް ހާއްސަ ވިއުގައެއް ގާއިމުކޮށްފަ އެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ގާއިމުކުރި މި ވިއުގައިގެ ތެރެއިން އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅު ހިމެނޭހެން ޝެޑިއުލުން ދަތުރުތައް ވަނީ ފަށާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | މަހެއް ކުރިންރާއްޖޭގައި އެންމެ ފުރަތަމަ ޓްވިން އޮޓަކްލާސިކް 300-ޖީ ތައާރަފްކުރާ އެއާލައިނަށް މޯލްޑިވިއަންޚަބަރު | 3 މަސް ކުރިންފުރަތަމަ ފަހަރަށް އައްޑޫން ސައުދީގެ ޖިއްދާ އަށް ބާއްވާ ފްލައިޓު މިރޭ ފަތިހު ފުރަނީޚަބަރު | 3 މަސް ކުރިންސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިނުން 2,000 އަށްވުރެ ގިނަ ދަތުރުކުރަނީޚަބަރު | 3 މަސް ކުރިން