ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރު ކުރަނީ
1 ސެޕްޓެމްބަރު 2026 - 05:01

ގައުމީ އެއަރލައިން، މޯލްޑިވިއަންއިން އިންޑިއާގެ މަޝްހޫރު ދެ މަންޒިލް ކަމަށްވާ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރަމުންދާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާކަން އެ ކުންފުނިން ބުބނެފި އެވެ.
މި ނިންމުމާއެކު ރާއްޖެއިން އިންޑިއާއަށް ކުރާ ދަތުރުތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން، މި ދެ މަންޒިލަށް ކުރާ ދަތުރުތައް ހަފުތާއަކު 6 ދުވަހަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ ކުރިން ހަފުތާއަކު 5 ދުވަހު ކުރަމުން އައި ދަތުރުތަކަށް ގެންނަ މުހިންމު އިތުރުކުރުމެކެވެ.

Ad by Hajj Corporation
މިހާރު މޯލްޑިވިއަނުން ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ދަތުރުތައް ބާއްވަމުން އަންނައިރު، އާ ތާވަލާއެކު އާދީއްތަ ދުވަހުވެސް އިތުރު ފްލައިޓެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާއަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އަދި ވިޔަފާރިއާއި ސިއްހީ ފަރުވާއަށް ވެސް ގިނަ އަދަދަކަށް މީހުން ދަތުރުކުރާ ގައުމަކަށްވާތީ، މި ދަތުރުތަކުގެ ޑިމާންޑް އަބަދުވެސް ވަރަށް ބޮޑެވެ. މިކަމަށް ރިއާޔަތްކޮށް، މޯލްޑިވިއަނުން ވަނީ މި ދަތުރުތަކަށް މިހާރު ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް އާންމުކޮށް ހުޅުވާލާފައެވެ.
މިވަގުތު ބައިނަލްއަގްވާމީ 4 ގައުމެއްގެ 7 މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ މޯލްޑިވިއަނުން ދަނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ނެޓްވޯކް އިތުރަށް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

-01.jpg&w=3840&q=75)
