logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާއްޕޭ އޮންރީއާއި އަރާހަމަކުރިއިރު، އިޓަލީއަށް ފަސޭހަ މޮޅެއް

އަބްދުﷲ ޣާނިމް
6 ސެޕްޓެމްބަރު 2025 - 06:34
އެމްބާޕޭ
އެމްބާޕޭ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގ ފެށުމުގައި ޔުކްރެއިނާ އާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެއްޖެއެވެ.

މިމެޗުގައި ފްރާންސްގެ ކެޕްޓަން އެމްބާޕޭ ވަނީ ފްރާންސްގެ ޤައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު އޮންރީ އާއި އަރާ ހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްރާންސްގެ ކެޕްޓަން އެމްބާޕޭ ވަނީ އޭނާގެ 51 ވަނަ ގައުމީ ގޯލު ޖަހާލައި، އޮލް ޓައިމް ރެކޯޑް ހޯލްޑަރު އޮލިވިއެ ޖިރޫޑްއާ ދެމެދުގައި އޮތް ގޯލުގެ ފަރަގު 6 އަށް ކުޑަކޮށްފައެވެ. މި މެޗުގައި މައިކަލް އޮލިސް ވެސް ވަނީ ގޯލެއް ޖަހާފައެވެ. އެމްބާއްޕޭ މި ސީޒަނުގައި މިހާތަނަށް ކުޅުނު 4 މެޗުން ވަނީ 4 ގޯލު ޖަހާފައެވެ.

މިމެޗުގެ 81 ވަނަ މިނެޓުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭ އަށް ވަނީ އަނިޔާވެ ކުޅުމުން ބާކީކޮށްފައެވެ. މީގެ އިތުރުން ރޭގެ މެޗުގައި ލިވަޕޫލުގެ ފޯވާޑް އެކިޓިކެ ވަނީ ފުރަތަމަ ފަހަރަށް ފްރާންސްގެ ޓީމަށް ކުލެފައެވެ.

މީގެ އިތުރުން ރޭގައި އިޓަލީ ވަނީ އެސްޓޯނިއާ އަތުން ފަސޭހަކަމާއެކު 5-0 އިން މޮޅުވެފައެވެ. މިމެޗުގައި ރެޓެގީ ދެ ގޯލުޖެހިއިރު، މޮއިސަސް ކީން، ރަސްޕަޑޯރީ އަދި ބަސްޓޯނީ ވަނީ ގޯލުޖަހާފައެވެ. މިމޮޅާއެކު އިޓަލީ އޮތީ ގްރޫޕް އައިގެ ތިންވަނައިގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާޕޭ ރެއާލް މެޑްރިޑުން ބޭރުކުރުމަށް އިނދިކޮޅު ސަޕޯޓަރުންނާއެކު ރެކޯޑް މުގުރާލާނެ ޕެޓިޝަނެއް ކުރިޔަށްގެންދަނީކުޅިވަރު | މަހެއް ކުރިންވޯލްޑްކަޕަށް ކޮލިފައިނުވުމާއެކު ގަޓޫސޯ އިޓަލީގެ ކޯޗުކަމުން އިސްތިއުފާދީފިކުޅިވަރު | 2 މަސް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ފްރާންސް ބްރެޒިލްއަތުން މޮޅުވެއްޖެކުޅިވަރު | 3 މަސް ކުރިންއައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | 6 މަސް ކުރިން