logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޮޑެތި މެޗުތަކެއް ބޯމަތިވެފައިވަނިކޮށް އެމްބާއްޕޭ އަށް އަނިޔާވެ ކުޅުމާއި ދުރަށް

އަބްދުﷲ ޣާނިމް
27 ސެޕްޓެމްބަރު 2026 - 03:54
ބޮޑެތި މެޗުތަކެއް ބޯމަތިވެފައިވަނިކޮށް އެމްބާއްޕޭ އަށް އަނިޔާވެ ކުޅުމާއި ދުރަށް

ރެއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭގެ ވައަތު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޫސްވެރިޔާ އަރަންޗާ ރޮޑްރިގޭޒް ހާމަކޮށްފައިވާ ގޮތުގައި އެމްބާޕޭގެ ވައަތު ކަކުލުގެ ފަހަތު ކެޕްސޫލަށް ވަނީ 'ހައިޕަރއެކްސްޓެންޝަން' އަނިޔާއެއް ވެފައެވެ. މި އަނިޔާއާ ގުޅިގެން އޭނާ ކުޑަ ދުވަސްކޮޅަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭއިރު، އަލުން ދަނޑަށް އެނބުރި އާދެވޭނެ ސީދާ ތާރީޚެއް އެނގޭނީ ރިކަވަރީ ކުރިއަށްދާ ގޮތަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓީމުގެ އެޓޭކިން ޕްލޭންތަކުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެމްބާޕޭއަށް މި ދިމާވި އަނިޔާއަކީ ރެއާލް މެޑްރިޑަށް ލިބުނު ބޮޑު ދެރައެކެވެ. އެގޮތުން ފްރާންސް ކުރިޔަށް އޮތް ދެހަފްތާ ތެރޭގައި ބެލްޖިއަމް އާއި އިޓަލީއާއި ވާދަކުރަންޖެހޭއިރު، ރެއާލް އަންނަ މަހުގައި ސެވިއްޔާއާއި ބާސެލޯނާއާއި ދެކޮޅަށް ކުޅެން ޖެހޭނެއެވެ.

އޭނާގެ ހާލަތު އިތުރަށް ބެލުމަށާއި، ފަރިތަކުރުންތަކަށާއި ރަސްމީ މެޗުތަކަށް އެނބުރި އާދެވޭނެ ސީދާ ވަގުތެއް ކަށަވަރުކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މެޑިކަލް އެސެސްމެންޓްތައް ހަދަން ވަނީ ހަމަޖެހިފައެވެ. ބައެއް ރިޕޯޓްތަކުން އެމްބާއްޕޭ 2 ހަފްތާއަށް ކުޅުމާއި ދުރުގައި ހުްނނަން ޖެހޭނެކަމަށް ލަފާކޮށްފައިވާިއރު، މިއާއެކު ރެއާލް މެޑްރިޑްގެ މުހިންމު މެޗުތަކަށް އެމްބާއްޕޭ ފިޓުވާނެކަމަށް ލަފާކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި މެޗުތަކެއް ބޯމަތިވެފައިވަނިކޮށް އެމްބާއްޕޭ އަށް އަނިޔާވެ ކުޅުމާއި ދުރަށްކުޅިވަރު | ގަޑިއިރެއް ކުރިން'ޑިކްޓޭޓަރ' އެމްބާއްޕޭ ޖޫރިމަނާ ދައްކަން ކޯޓުން ހުކުމްކޮށްފިކުޅިވަރު | 11 ދުވަސް ކުރިންއެމްބާއްޕޭގެ ހެޓްރިކާއެކު ރެއާލްގެ ދަނޑުގައި މޮރީނިއޯގެ ދެވަނަ ދައުރުފެށީ ގަދަކޮށްކުޅިވަރު | މަހެއް ކުރިންހާލަންޑާއި އެމްބާއްޕޭގެ ކުރިމަތިލުމަކަށް މުޅިދުނިޔެ ތައްޔާރުވެފައިވަނިކޮށް ނޯވޭ ބެންޗް ޓީމު ގޮވައިގެން ނިކުމެއްޖެކުޅިވަރު | 3 މަސް ކުރިން