logo
Bank of Maldives

Bank of Maldives

ކުޅިވަރު

'ޑިކްޓޭޓަރ' އެމްބާއްޕޭ ޖޫރިމަނާ ދައްކަން ކޯޓުން ހުކުމްކޮށްފި

އަބްދުﷲ ޣާނިމް
16 ސެޕްޓެމްބަރު 2026 - 05:28
'ޑިކްޓޭޓަރ' އެމްބާއްޕޭ ޖޫރިމަނާ ދައްކަން ކޯޓުން ހުކުމްކޮށްފި

ކުރީގެ ކްލަބް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު އުފެދިފައިވާ ގާނޫނީ މައްސަލައިގެ އެންމެ ފަހުގެ ނިންމުމާ ގުޅިގެން، ފުޓްބޯޅައޮގެ 'ޑިކްޓޭޓަރ'ގެ ގޮތުގައި މަޝްހޫރުވެފައިވާ ސުޕަރ ސްޓަރ ކީލިއަން އެމްބާޕޭ އެ ކްލަބަށް ބަދަލުގެ ގޮތުގައި 60،000 ޔޫރޯ ދެއްކުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފްރާންސްގެ 'ލެކީޕް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެރިސް ކޯޓް އޮފް އެޕީލް އިން މި ހުކުމް އިއްވީ ނުލިބި ހުރި ބޯނަހާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި 60 މިލިއަން ޔޫރޯ ހޯދުމަށް އެމްބާޕޭ ހުށަހެޅި މައްސަލައާ ގުޅިގެން ޕީއެސްޖީން އެ ފައިސާ ފްރީޒްކޮށްފައި ބަހައްޓަން ޖެހުމުގެ ސަބަބުންނެވެ. އެމްބާޕޭ ކޯޓަށް މައްސަލަ ހުށަހެޅީ އޭނާއަށް ލިބެންޖެހޭ ފައިސާ ދިނުމަށް ޕީއެސްޖީން ދެކޮޅު ހަދާފައިވާ ކަމަށް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްބާޕޭގެ ގާނޫނީ ޓީމުން ޖުމްލަ 263 މިލިއަން ޔޫރޯގެ ބަދަލެއް ހޯދުމަށް އެދުނު ނަމަވެސް، ކޯޓުން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ކުޅުންތެރިޔާއަށް ދޭންޖެހި ނުދެވި ހުރި އަދަދުތަކަށެވެ.

މި މައްސަލައިގައި ޑިސެމްބަރު 2025 ގައި ކޯޓުން ވަނީ އެމްބާޕޭއަށް ޕީއެސްޖީން ބަދަލު ދޭންޖެހޭނެ ކަމަށް ނިންމާފައެވެ. ނަމަވެސް، އެހާ ބޮޑު އަދަދެއްގެ ފައިސާ ފްރީޒްކޮށްފައި ބަހައްޓަން ޖެހުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވި ކަމަށް ބުނެ ޕީއެސްޖީން ހުށަހެޅި ކައުންޓަރ-ކްލެއިމްވެސް ފަނޑިޔާރު ވަނީ ބަލައިގެންފައެވެ.

އެންމެ ފަހުގެ މި ނިންމުމާއެކު، ދެފަރާތުގެ ދެމެދުގައި ހިނގި މި މައްސަލައާ ގުޅިގެން އެމްބާޕޭ މިހާރު ވަނީ ޕީއެސްޖީއަށް 60،000 ޔޫރޯ ދައްކަން ޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ޑިކްޓޭޓަރ' އެމްބާއްޕޭ ޖޫރިމަނާ ދައްކަން ކޯޓުން ހުކުމްކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންއެމްބާއްޕޭގެ ހެޓްރިކާއެކު ރެއާލްގެ ދަނޑުގައި މޮރީނިއޯގެ ދެވަނަ ދައުރުފެށީ ގަދަކޮށްކުޅިވަރު | 20 ދުވަސް ކުރިންހާލަންޑާއި އެމްބާއްޕޭގެ ކުރިމަތިލުމަކަށް މުޅިދުނިޔެ ތައްޔާރުވެފައިވަނިކޮށް ނޯވޭ ބެންޗް ޓީމު ގޮވައިގެން ނިކުމެއްޖެކުޅިވަރު | 3 މަސް ކުރިންއެމްބާއްޕޭގެ ރީތި ދެ ގޯލާއެކު ފްރާންސް ވޯލްޑްކަޕް ފެށުން ވަރުގަދަކޮށްފިކުޅިވަރު | 3 މަސް ކުރިން