logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހާލަންޑާއި އެމްބާއްޕޭގެ ކުރިމަތިލުމަކަށް މުޅިދުނިޔެ ތައްޔާރުވެފައިވަނިކޮށް ނޯވޭ ބެންޗް ޓީމު ގޮވައިގެން ނިކުމެއްޖެ

އަބްދުﷲ ޣާނިމް
27 ޖޫން 2026 - 03:23
ހާލަންޑާއި އެމްބާއްޕޭގެ ކުރިމަތިލުމަކަށް މުޅިދުނިޔެ ތައްޔާރުވެފައިވަނިކޮށް ނޯވޭ ބެންޗް ޓީމު ގޮވައިގެން ނިކުމެއްޖެ

މިހާރު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ ދެ ފޯވާޑުންކަމަށްވާ ހާލަންޑާއި އެމްބާއްޕޭގެ ވަރުގަދަ ކުރިމަތިލުމަކަށް މުޅި ދުނިޔެ އިންތިޒާރުގައި ތިއްބާ ނޯވޭއިން ބެންޗު 10 ކުޅުންތެރިންނާއެކު ފްރާންސް މެޗު ކުލެފިއެވެ.ގްރޫޕް އައިގެ ފަހު މެޗުގައި ނޯވޭ 4-1 އިން ބަލިކޮށް، ފްރާންސް ވަނީ ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފްރާންސްގެ އޮސްމާން ޑެމްބެލޭ ވަނީ ވޯލްޑް ކަޕް ތާރީޚުގައި ފެނިގެންދިޔަ ދެވަނައަށް އެންމެ އަވަސް ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގެ ފުރަތަމަ 32 މިނެޓުގެ ތެރޭގައި ޑެމްބެލޭ ތިން ލަނޑު ޖަހާފައިވާއިރު، ފްރާންސްގެ އަނެއް ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ދެސީރޭ ޑޫއޭއެވެ. ނޯވޭގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ތެލޯ އާސްގާޑެވެ. ނޯވޭ އިން މި މެޗަށް ނުކުތީ އެޓީމުގެ ތަރި އާލިން ހާލަންޑް ބެންޗުގައި ބައިންދައިގެން، ފުރަތަމަ އެގާރައަށް 10 ބަދަލެއް ގެނެސްގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން ވަނީ ނޯވޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ގޯލަށް އަމާޒުކޮށް ހަތް ހަމަލާ ފްރާންސް އިން ފޮނުވާލިއެވެ. މިއީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް މެޗެއްގެ މިހާ ކުރީކޮޅު ޓީމަކުން މިހާ ގިނަ ހަމަލާ އަމާޒުކުރި ފުރަތަމަ ފަހަރެވެ. ކީލިއަން އެމްބާޕޭ ފޮނުވާލި ހަމަލާއެއް މެޗުގެ 22 ވަނަ ސިކުންތުގައި ގޯލުގެ ހުރަސް ދަނޑިއަށްވެސް ވަނީ އަރާފައެވެ.

ދެވަނަ ހާފުގައި ނޯވޭއަށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޔޯގެން ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީޕަރު މައިކް މައިގްނަން ވަނީ ދިފާއުކޮށްފައެވެ. މައިގްނަން ވަނީ މުޅި މެޗުގައިވެސް މުހިންމު ސޭވްތަކެއް ކޮށް، ނޯވޭގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މެޗުގައި އެމްބާޕޭ ލަނޑެއް ނުޖެހި ނަމަވެސް، ޑެމްބެލޭ ޖެހި ދެ ލަނޑު ތަނަވަސްކޮށްދިނީ އޭނާއެވެ. މި މުބާރާތުގައި މިހާތަނަށް މި ދެ ކުޅުންތެރިން ކުރެ ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ޖަހާފައިވާއިރު، މިއީ 1974 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުގައި އެއް ޓީމެއްގެ ދެ ކުޅުންތެރިން ހަތަރު ލަނޑު ހަމަކުރި ފުރަތަމަ ފަހަރެވެ.

ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސް ދެން ބައްދަލުކުރާނީ ގްރޫޕްތަކުން ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ޓީމަކާއެވެ. ދެވަނައިގައި ނިންމި ނޯވޭ ޖޫން 30 ވަނަ ދުވަހު ނުކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ. ފްރާންސް އިން ގްރޫޕްގެ ތިން މެޗުވެސް ކާމިޔާބުކުރިއިރު، މީގެ ކުރިން އެޓީމުން މިފަދަ ކާމިޔާބީއެއް ހޯދީ 1998 ވަނަ އަހަރުއެވެ. އެ އަހަރު ފްރާންސް އިން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑާއި އެމްބާއްޕޭގެ ކުރިމަތިލުމަކަށް މުޅިދުނިޔެ ތައްޔާރުވެފައިވަނިކޮށް ނޯވޭ ބެންޗް ޓީމު ގޮވައިގެން ނިކުމެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންއެމްބާއްޕޭގެ ރީތި ދެ ގޯލާއެކު ފްރާންސް ވޯލްޑްކަޕް ފެށުން ވަރުގަދަކޮށްފިކުޅިވަރު | 10 ދުވަސް ކުރިންހާލަންޑާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައިގައި މެންޗެސްޓާ ސިޓީން ގާނޫނީ ފިޔަވަޅު އަޅަނީކުޅިވަރު | 23 ދުވަސް ކުރިންއެމްބާޕޭ ރެއާލް މެޑްރިޑުން ބޭރުކުރުމަށް އިނދިކޮޅު ސަޕޯޓަރުންނާއެކު ރެކޯޑް މުގުރާލާނެ ޕެޓިޝަނެއް ކުރިޔަށްގެންދަނީކުޅިވަރު | 2 މަސް ކުރިން