logo
ޚަބަރު

ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު އިތުރުވެއްޖެ

އާމިނަތު ޝަފާ
7 ސެޕްޓެމްބަރު 2025 - 10:45
ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު އިތުރުވެއްޖެ

އަހަރުގެ މިހާތަނަށް ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، އިތުރުވެފައިވާކަން ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބީއެމްއެލްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ވިޔަފާރިތަކަށް ވިއްކީ 69 މިލިޔަން ޑޮލަރެވެ. މިއީ ޑޮލަރަށް އެދި ވިޔަފާރިތަކުން ހުށައެޅި މިންވަރުގެ 5 އިންސައްތައާއި 10 އިންސައްތައާ ދެމެދު މިންވަރެކެވެ.

ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ޑޮލަރު ވިއްކި އަދަދު 73 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މިއީ ޑޮލަރަށް އެދި ވިޔަަފާރިތަކުން ހުށައެޅި މިންވަރުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދު މިންވަރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިޔަފާރިތަކުން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަންފެށީ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުންފެށިގެންނެވެ.

މި ގާނޫނުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.

މި ގާނޫނުގެ ދަށުން ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތައް 3 ގިންތިއަކަށް ބަހާލާފައިވެއެވެ. މިގޮތުން ބަލާއިރު،

ކެޓަގަރީ - އޭ ގައި ހިމެނެނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ވިޔަފާރިތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނެވެ. މި ކެޓަގަރީގައި ހިމެނޭ ތަންތަނުން މީލާދީ މަހެއްގެ ތެރޭގައި އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހޭނެއެވެ.

ކެޓެގަރީ - ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކެވެ. މި ކެޓަގަރީގައި ހިމެނޭ ތަންތަނުން މީލާދީ މަހެއްގެ ތެރޭގައި އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 25 އެމެރިކާ ޑޮލަރުގެ މަގުން، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހޭނެއެވެ.

މި ގާނޫނުގެ ދަށުން އިސްތިސްނާވާ މުޢާމަލާތްތައް ފިޔަވައި އެހެން ހުރިހާ މުޢާމަލާތްތައް ކުރަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި ގާނޫނު ތަންފީޒުކުރުމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެ، އިޤްތިޞާދީ ހަރުދަނާކަން އިތުރުވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކު ނިންމާލައިފިކުޅިވަރު | 16 ގަޑިއިރު ކުރިންބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ހިންގަނީޚަބަރު | 3 ދުވަސް ކުރިންވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު އިތުރުވެއްޖެ ޚަބަރު | 6 ދުވަސް ކުރިންބީއެމްއެލްއިން މާސްޓަރކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 12 ދުވަސް ކުރިން