ބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކު ނިންމާލައިފި
12 ސެޕްޓެމްބަރު 2025 - 15:56

ބޭންކް އޮފް މޯލްޑިވްސްއާއި ޓޯޓަލްފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްސް ރަން" ގެ މި އަހަރުގެ ދެވަނަ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބީއެމްއެލް އިން ބުނީ ހަތަރު އުމުރުފުރާއެއްގެ، ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން އޮތީ މިއަދު ހަވީރު ހުޅުމާލޭގައި ކަމަށެވެ.

Ad by Hajj Corporation
މި ދުވުމުގައި ބައިވެރިވި އުމުރުފުރާތަކަކީ:
- 2 އަހަރާއި 3 އަހަރާ ދެމެދު
- 4 އަހަރާއި 6 އަހަރާ ދެމެދު
- 7 އަހަރާއި 9 އަހަރާ ދެމެދު
- 10 އަހަރާއި 16 އަހަރާ ދެމެދު
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ.ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އާއި ޗެއާޕަރސަން އަޙްމަދު ޢަލީ ހަބީބް އަދި ބޭންކުގެ އޮފިޝަލުން ދުވުން ނިންމި ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވިއެވެ.
ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި އިވެންޓުގެ މަގްސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.