އެންސްޕާގެ ކައުންޓަރުގެ ހިދުމަތް މިހާރު ދޭނީ މއ. އުތުރުވެހިން
8 ސެޕްޓެމްބަރު 2025 - 06:50

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ކައުންޓަރުގެ ހިދުމަތް މިހާރު ލިބޭނީ މ. އުތުރުވެހީގެ 6 ވަނަ ފަންގިފިލާއިންކަމަށް އެއެޖެންސީން ބުނެފިއެވެ.
ކެނެރީމަހުގައި ހުންނަ މ. އުތުރުވެއްސަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން ހިންގި އިމާރާތެވެ.

Ad by Hajj Corporation
އެންސްޕާއަކީ ގައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރި ކަމުގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގާ އިދާރާއެވެ.
އެންސްޕާ އިން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ބޭސް ފަރުވާގެ އެހީ އާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ އާއި، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ އާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީ އާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ އިތުރުން އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް ގެ ހިދުމަތް ހިމެނެއެވެ.