އެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފި
27 އޯގަސްޓު 2025 - 14:25
އެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ މިއަދު ހުޅުވައިފިއެވެ.
މި އައިނު ފިހާރަ ހުޅުވާފައިވަނީ، މިއަދު ހެނދުނު 11:30ގައި ހުޅުމާލެ ހޮސްޕިޓަލްގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮއްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ އަބްދުالله މުއްތަލިބްއެވެ.

Ad by Hajj Corporation
މިރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސ.ީއީއޯ އިބްރާހިމް އަބްދުރައްޒާގް ހަލީމް އާއި ބޯޑުގެ ޗެއާރމަން ޑރ. އަބްދުލް އަޒީޒް ޔޫސުފް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި، އެންސްޕާގެ ސީއީއޯ ހީނާވަލީދުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ އިސްވެރިން ބައިވެރިވެ ވަޑައިގަތްނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުރައްޒާގް ހަލީމް ވަނީ ފާއިތުވެ ދިޔަ ދޮޅުއަހަރު ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްއަށް ލިބިފައިވާ ކުރިއެރުންތައް ތްފްސީލީ ގޮތެއްގައި ފާހަގަކުރައްވާފައެވެ. އަދި ހަލީލް ވަނީ މިއީ އާންމުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކަށް ހާއްސަކޮށް އައިނުގެ އަގުބޮޑުކަމާއި އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވި ވަރަށްވެސް އަގުހުރި ފިޔަވަޅެއްކަން ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ޑރ އަބްދުالله މުއްތަލިބް އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނުފިހާރާ ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހުވަނީ އައިނު ފިހާރަ ބައްލަވާލައްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ، މިއަދު ހުޅުވިގެން މިދިޔަ އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރާގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ރޭގަނޑު 10:00އަށް ހުޅުވިފައި ހުންނާނެ ކަމަށެވެ. ހިދުމަތައް އެދިލެއްވަމަށް ހުޅުމާލެ ހޮސްޕިޓަލް ކަނބިލި ބިލްޑިންގ ގްރައުންޑް ފްލޯގައި ހުރި އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރައަށް ވަޑައިގަތުމުން އެހިދުމަތް ލިބޭނެ ކަމަށް ވެސް ހުލޫމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.