ތެލެސީމިއާ އެލަވެންސްގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި
11 އޮކްޓޯބަރު 2026 - 13:21

މިއަހަރުގެ މިހާތަނަށް ތެލެސީމިއާ އެލަވެންސްގެ ގޮތުގައި އެއް މިލިޔަން އަށްޑިހަ ދެ ހާސް (1،082،000)ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯށަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެންބަރ 2026ގެ ނިޔަލަށް،ތެލެސީމިއާ އެލަވެންސްގެ ގޮތުގައި 541 މީހުންނަށް އެހީ ފޯރުކޮށްދީފައިވާއިރު، އޭގެ ތެރެއިން އަލަށް މާލީ އެހީ ހަމަޖައްސާފައިވަނީ 6 މީހުންނަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ތަފާސްހިސާބުތަށް ވެސް އެ އެޖެންސީއިން ވަނީ އާންމު ކޮށްފައެވެ. އެގޮތުން ނުުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15885 މީހުން ރަޖިސްޓްރީކޮށްފައިވާއިރު،އެ ފަރާތްތަކުގެ އިނާޔަތުގެ ގޮތުގައި ފަންސާސް ނުވަ މިލިއަން ދެ ލައްކަ ތޭރަހާސް (59،21300) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެންބަރ 2026ގެ ނިޔަލަށް ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވަނީ 6710 އަންހެނުންނާއި 9175 ފިރިހެނުންނެވެ. އޭގެ ތެރެއިން 263 މީހުންނަކީ އަލަށް މި ދަފުތަރުގައި ރަޖިސްޓްރީކުރި މީހުންނެވެ.
ރާއްޖޭގައި އުމުރުން 19 އަހަރުން ދަށުގެ 5396 މީހުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރެއިން 1659 މީހުންނަކީ އަންހެނުންނެވެ. އަދި 3737 މީހުންނަކީ ފިރިހެނުންނެވެ.
އުމުރުން 18-64 އަހަރާ ދެމެދުގެ 8095 މީހުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވެއެވެ. އެއީ 4150 ފިރިހެނުންނާއި 3944 އަންހެނުންނެވެ. 65 އަހަރުން މަތީގެ 2395 މީހުން އެ ދަފުތަރުގައި ރެޖިސްޓްރީކޮށްފައިވެއެވެ. އެއީ 1288 ފިރިހެނުންނާއި 1107 އަންހެނުންނެވެ.
ނުކުޅުދުންތެރިކަން ހުންނަ މީހުން ބެހިފައިވާ ގޮތް:
• ޖިސްމާނީ ނުކުޅުދުންތެރިކަން ހުންނަ - 4270 މީހުން
• މަލްޓިޕަލް ޑިސްއެބިލިޓީ - 3585 މީހުން
• ވިސްނުމުގެ/ސިކުނޑީގެ ނުކުޅުދުންތެރިކަން - 1812 މީހުން
• ނަފްސާނީ ނުކުޅުދުންތެރިކަން - 2626 މީހުން
• އަޑު އިވުމާއި ވާހަކަދެއްކުމުގެ ނުކުޅުދުންތެރިކަން - 1897 މީހުން
• ފެނުމުގެ ނުކުޅުދުންތެރިކަން - 1043 މީހުން
• އޯޓިޒަމް - 594 މީހުން
• އުނގެނުމުގެ ނުކުޅުދުންތެރިކަން - 61 މީހުން
ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ ތެރެއިން 3313 މީހުންނަށް އެހީ ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީކުރި 31 މައިންބަފައިންނާއި، 119 ކުދިން ހިމެނެއެވެ. މާލީ އެހީ ލިބެނީ 5708 ކުދިންނަށެވެ. މާލީ އެހީއަށް ސަތާރަ މިލިޔަން އެއް ލައްކަ ފަންސާސް އެއްހާސް ރުފިޔާ (17،151،000) ފޯރުކޮށްދީފައިވެއެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ދަފްތަރުން މީހުން އުނިކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ކުރިން ނުކުޅުދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިން 22 އަންހެނަކާއި 27 ފިރިހެނަކަށް އެ އެހީތެރިކަން ދިނުން ވަނީ ހުއްޓާލާފައެވެ. އަދި ކުރިން އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންގެ އިނާޔާތް ލިބުނު 84 ބެލެނިވެރިން އެ ދަފުތަރުން އުނިކޮށްފައިވެއެވެ.

-01.jpg&w=3840&q=75)
