އެންސްޕާއިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ނަމްބަރެއް ތައާރަފްކޮށްފި
5 ޖުލައި 2026 - 13:26

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީން އެންސްޕާ ގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ހާއްސަ ވަޓްސްއަޕް ނަންބަރެއް އެ އެޖެންސީން ހަމަޖައްސައިފިއެވެ.
އެންސްޕާއިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 7291402 މި ނަންބަރަށް ވަޓްސްއަޕް މެސެޖު ކުރެއްވޭނެ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން މި ނަންބަރު މެދުވެރިކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު (ހޮނިހިރު - ބުރާސްފަތި) 8:00 - 22:00 އަށެވެ.
މި ހިދުމަތުގެ ސަބަބުން ރާއްޖެއިން ބޭރުގައި ތިބެގެން އެންސްޕާގެ އެހީތަކަށް އެދޭ ފަރާތްތަކަށާއި މައުލޫމާތު ސާފުކުރަން ބޭނުންވާ ދިވެހިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.


