logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ އައިނު ފިހާރަތަކުން 24،000 އަށްވުރެ ގިނަ އައިނު ހަދައިދީފި، އިތުރު އައިނު ފިހާރަތައް ހުޅުވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ސެޕްޓެމްބަރު 2026 - 18:09
އައިޖީއެމްއެޗުަގއި ހުންނަ ސަރުކާރުގެ އައިނު ފިހާރަ
އައިޖީއެމްއެޗުަގއި ހުންނަ ސަރުކާރުގެ އައިނު ފިހާރަ

އާސަންދައިން ފޯރުކޮށްދޭ އެހީތެރިކަމުގެ އިމުގެ ތެރޭގައި އައިނު ހެދޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި އައިނު ފިހާރަތަކުން މިހާތަނަށް 24،000 އަށްވުރެ ގިނަ އައިނު ހަދައިދީފައިވާ ކަމަށާއި، އަދި އިތުރު އައިނު ފިހާރަތައް އަތޮޅު ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.

ސީއީއޯ ފާހަގަކުރެއްވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އައިނު ހެއްދުމަށް އާސަންދައިން ދެމުންއައި 1،000 ރުފިޔާގެ އެހީތެރިކަން 2،000 ރުފިޔާއަށް އިތުރުކޮށްދެއްވި ކަމަށެވެ. އަދި އެ އެހީތެރިކަމުގެ ތެރެއިން އައިނު ހެއްދޭނެ މަގުފަހިކޮށްދެއްވުމަށް އެމްސީޖީއެޗްއާ ހަވާލުކުރައްވައިގެން ސަރުކާރުން އައިނު ހައްދައިދިނުމުގެ ހިދުމަތް ތައާރަފުކުރެއްވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ ފުރަތަމަ އައިޖީއެމްއެޗްގައި އައިނު ފިހާރައިގެ ހިދުމަތް ފެށި ނަމަވެސް، މިހާރު ހުޅުމާލޭ ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވާކަން ހަލީމު ފާހަގަކުރެއްވިއެވެ. މި ފިހާރަތައް ގާއިމުކޮށްފައިވަނީ އައިނު ނަންބަރު ނެގުމާއި، ލޮލުގެ ޓެސްޓު ހެދުމާއި، އައިނުގެ ލެންސް ފިޓްކުރުން ފަދަ އައިނު ހެއްދުމާ ގުޅުންހުރި އިތުރު ހިދުމަތްތައްވެސް އެތަންތަނުން ފޯރުކޮށްދެވޭ ގޮތަށެވެ.

ސީއީއޯ އިތުރަށް ވިދާޅުވި ގޮތުގައި ބައެއް ކޮމްޕްލިކޭޓެޑް ލެންސުތައް ރާއްޖޭގައި ނުހެއްދޭތީ އެ ލެންސްތައް ހައްދަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. ނަމަވެސް އެނޫން ހުރިހާ ލެންސެއް ސީދާ އައިނު ފިހާރަތަކުން ހެދޭނެއެވެ. އަދި ހިދުމަތް ފެށިއިރު ސްޓޮކް ހޯދުމުގައާއި އެނޫންވެސް ބައެއް ކަންކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެކަންކަން މިހާރު ހައްލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމްސީޖީއެޗްގެ އަމާޒަކީ އިތުރު ރީޖަނަލް ހޮސްޕިޓާތަކަށް މި ހިދުމަތް ފުޅާކުރުން ކަމަށްވާއިރު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް ގާއިމުކުރުމުގެ ތައްޔާރީތަކާއި ޕްލޭނުތައް ނިންމުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ސީއީއޯ ހަލީމު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ އައިނު ފިހާރަތަކުން 24،000 އަށްވުރެ ގިނަ އައިނު ހަދައިދީފި، އިތުރު އައިނު ފިހާރަތައް ހުޅުވަނީޚަބަރު | ގަޑިއިރެއް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 3 މަސް ކުރިން"ވަރުގަދަ މުއައްސަސާއެއް ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަކަށް ނޫން"ޚަބަރު | 5 މަސް ކުރިންތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނާ ވާހަކައަކީ ދޮގެއްޚަބަރު | 5 މަސް ކުރިން