logo
Bank of Maldives

Bank of Maldives

ޚަބަރު

"ވަރުގަދަ މުއައްސަސާއެއް ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަކަށް ނޫން"

މަރިޔަމް މާޙީ
1 މޭ 2026 - 10:28
"ވަރުގަދަ މުއައްސަސާއެއް ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަކަށް ނޫން"

ވަރުގަދަ މުއައްސަސާއެއް ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަށް ނޫން ކަމަށާއި، އެއީ މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ކަރާމާތްތެރިކަމާއި، ރައްކާތެރިކަމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެންމެހައި ޚިދުމަތްތަކުގެ މައިބަދައަކީ މުވައްޒަފުން ކަމަށެވެ. އަދި އެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އޭނާ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ނަފްސާނީ ގޮތުން ދުޅަހެޔޮ މަސައްކަތުގެ މާޙައުލެއް ކަށަވަރުކުރުން" މިއީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނުހަނު މުހިންމު ޝިއާރެއްކަން ސީއީއޯ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޞިއްޙީ ދާއިރާގެ މުވައްޒަފުން ކުރާ މަސައްކަތަކީ ހަމައެކަނި ފަރުވާ ދިނުމާއި އިދާރީ ހިންގުމެއް ނޫނެވެ. އެއީ ބަލިމީހުންނާއި އާއިލާތަކުގެ އުއްމީދުތަކާ ގުޅިފައިވާ، އަދި އިންސާނިއްޔަތަށްޓަކައި އުފުލާ ނަފްސާނީ ބުރައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މުވައްޒަފުންގެ މެދުގައި އޮންނަ މުޢާމަލާތްތަކާއި އެކަކު އަނެކަކާ ދޭތެރޭ ބަހައްޓާ ގާތްކަމުން ފަންނީ އަދަބުވެރިކަން ފެންނަންވާނެ ކަމަށް އެނާ ވިދާޅުވި އެވެ. "ނަފްސާނީ ގޮތުން ދުޅަހެޔޮ މާޙައުލަކީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އެހީތެރިވެދޭ މާޙައުލެއް،" ކްލިނިކަލް އަދި ނޮން-ކްލިނިކަލް ހުރިހާ ޓީމުތަކަށް އިލްތިމާސްކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ސީއީއޯގެ ހައިސިއްޔަތުން އޭނާ ވަނީ މުއައްސަސާއިންދޭ ޚިދުމަތްތަކެކޭ އެއްވަރަށް މުވައްޒަފުންގެ ދުޅަހެޔޮކަމަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި މަސައްކަތުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ވަރުބަލިކަމާއި ފިއްތުންތައް ބަލައިގަތުމަކީ ބަލިކަށިކަމެއް ނޫން ކަމަށާއި، އެއީ އޯގާތެރި މުއައްސަސާއެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ކޮންމެ މުވައްޒަފެއް ކުރާ މަސައްކަތާއި ވެވަޑައިގަންނަވާ ޤުރުބާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖްމަންޓުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ހާމަކުރައްވަމުން، އެ ޚިދުމަތުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އުފާވެރި ބަދަލުތަކެއް އަންނަމުންދާކަން ސީއީއޯ ފާހަގަކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވަރުގަދަ މުއައްސަސާއެއް ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަކަށް ނޫން"ޚަބަރު | 2 ގަޑިއިރު ކުރިންތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނާ ވާހަކައަކީ ދޮގެއްޚަބަރު | 7 ދުވަސް ކުރިންއޭއައިއެޗް އަދި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ދެކުނުގައި ކާމިޔާބު ދަތުރެއް ޚަބަރު | މަހެއް ކުރިންއަމާން އުދަރެސް 6 ވަނަ ޓަވަރުގައި ޖީޕީ ކްލިނިކެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 4 މަސް ކުރިން