logo
Bank of Maldives

Bank of Maldives

ޚަބަރު

ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނާ ވާހަކަ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ދޮގުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޭޕްރީލު 2026 - 20:04
ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނާ ވާހަކައަކީ ދޮގެއް

މޯލްޑިވްސް ބްލަޑް ސަރވިސްގައި ލޭ ރައްކާކުރުމަށް ބޭނުންކުރާ ފްރީޒަރެއްގެ ފިނިހޫނުމިނަށް ދިމާވި މައްސަލައަކާ ގުޅިގެން، ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިއަދު ދޮގުކޮށްފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު ބްލަޑް ސަރވިސްގެ ޚިދުމަތް ނިންމައި މަރުކަޒު ބަންދުކުރި ފަހުން، ލޭ ރައްކާކުރާ 2 ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވިއެވެ. މި މައްސަލައާ ގުޅިގެން ކަމާގުޅޭ މުވައްޒަފުންނަށް އެލާޓް ދިއުމާއެކު، ތިން މުވައްޒަފަކު ވަގުތުން ހާޒިރުވެ، އެ ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓެއް ސްޓޭންޑްބައި ފްރީޒަރަކަށް ވަނީ ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އިދާރާއިން ވިދާޅުވީ، ފްރީޒަރުގެ ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސްއަށް މަތިވެފައި ހުރި ނަމަވެސް، ސިއްޙީ މިންގަނޑުތަކަށް ބަލާއިރު 10 ޑިގްރީއަށްވުރެ މަތިނުވާގޮތަށް 4 ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ކަމަށެވެ. އެހެންކަމުން، މިމަހުގެ 20 ވަނަ ދުވަހު ތެލަސީމިއާ ކުދިންނަށް އަޅާފައިވަނީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ ނޫންކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ބަޔާނުގައިވެއެވެ.

ނަމަވެސް، މި މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭގެ ތެރެއިން 3 ޕެކެޓެއް، ޖެހިގެން އައި ދުވަހު ތިން މީހެއްގެ ގަޔަށް އަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިކަން ހިނގާފައިވަނީ އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދަނިކޮށް، މައުލޫމާތު ދިނުމުގައި ދިމާވި އިހުމާލަކުން ކަމަށް ބެލެވޭތީ، އެކަމުގައި ޝާމިލްވާ މުވައްޒަފަކު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ވަނީ ވަޒީފާއަށް ނުކުތުން މަނާކޮށްފައެވެ. އަދި މި މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި ޚާއްޞަ ޓީމެއް މިހާރު ވަނީ އެކުލަވާލާފައެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން ތެލަސީމިއާ ކުދިންގެ ޓެލެގްރާމް ގްރޫޕް މެދުވެރިކޮށް މާފަށް އެދިފައިވާއިރު، ލޭ އެޅުނު ފަރާތްތަކުގެ އާއިލާތަކާ ބައްދަލުކޮށް ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ، ހަޤީޤަތް އޮޅޭގޮތަށް އަދި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް މިފަދަ ނާޒުކު މައުޟޫޢުތަކުގައި ޚަބަރު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލަސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅިކަމަށް ބުނާ ވާހަކައަކީ ދޮގެއްޚަބަރު | 2 ގަޑިއިރު ކުރިންއޭއައިއެޗް އަދި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ދެކުނުގައި ކާމިޔާބު ދަތުރެއް ޚަބަރު | 22 ދުވަސް ކުރިންއަމާން އުދަރެސް 6 ވަނަ ޓަވަރުގައި ޖީޕީ ކްލިނިކެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 4 މަސް ކުރިންމާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލަށް އިތުރު ކާމިޔާބީއެއް، ލޮލުގެ އައު ސާޖަރީއެއް ފަށައިފިޚަބަރު | 6 މަސް ކުރިން