logo
Bank of Maldives

Bank of Maldives

ޚަބަރު

އެންސްޕާގެ ކައުންޓަރުގެ ހިދުމަތް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފި

ނުހާ އަޙްމަދު
3 ސެޕްޓެމްބަރު 2025 - 17:49
އެންސްޕާ ހިންގާ އިމާރާތް
އެންސްޕާ ހިންގާ އިމާރާތް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ކައުންޓަރުގެ ހިދުމަތް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެގޮތުން މިމަހުގެ 7ވަނަ ދުވަހުން ފެށިގެން އެންސްޕާގެ ކައުންޓާރުގެ ހިދުމަތް ލިބޭނީ މ. އުތުރުވެހި، 6 ވަނަ ފަންގިފިލާއިންކަމަށް އެއެޖެންސީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެނެރީމަހުގައި ހުންނަ މ. އުތުރުވެއްސަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން ހިންގި އިމާރާތެވެ.

އެންސްޕާއަކީ ގައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރި ކަމުގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގާ އިދާރާއެވެ.

އެންސްޕާ އިން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ބޭސް ފަރުވާގެ އެހީ އާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ އާއި، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ އާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީ އާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ އިތުރުން އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް ގެ ހިދުމަތް ހިމެނެއެވެ.

އެންސްޕާގެ ހިދުމަތް މިހާރު ދެމުން އަންނަނީ، ހަވީރީ ހިނގުމުގައި ހުންނަ މޫކައި ސުއިޓްސް އިމާރާތުގެ 4ވަނަ ފަންގިފިލާގައެވެ. ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރު 14:00އަށް އެ އެޖެންސީއިން ހިދުމަތް ފޯރުކޮށްދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

39 ފަރާތަކަށް އައިވީއެފް ފަރުވާގެ އެހީ ހަމަޖައްސައިދީފިޚަބަރު | 2 މަސް ކުރިން"އައި.ވީ.އެފް" ގެ ފަރުވާއަށް "ފަރޓިލިޓީ ކެއަރ ފަންޑް" ލިބޭ ފުރަތަމަ ބެޗް އިއުލާންކޮށްފިޚަބަރު | 2 މަސް ކުރިންއެންސްޕާއިން މިދިޔަ މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 2 މަސް ކުރިންއެންސްޕާގެ "ހެލްޕު ޑެސްކެއް" ހެންވޭރު ފެރީ ޓާމިންލްގައި ގާއިމުކޮށްފިޚަބަރު | 2 މަސް ކުރިން