logo
Bank of Maldives

Bank of Maldives

ޚަބަރު

ޕްރައިވެޓް ދެ ހޮސްޕިޓަލަކަށް އެންސްޕާއިން މިދިޔަ މަހު 8 މިލިއަން ރުފިޔާ

ޢައްފާން މުޙައްމަދު
11 އޮކްޓޯބަރު 2025 - 07:24
ޕްރައިވެޓް ދެ ހޮސްޕިޓަލަކަށް އެންސްޕާއިން މިދިޔަ މަހު 8 މިލިއަން ރުފިޔާ

އަމިއްލަ ފަރާތްތަކުން ހިންގާ ދެ ހޮސްޕިޓަލެއްގެ ބިލްތަކަށް މިދިޔަ މަހު އެކަނިވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފިއެވެ.

އެންސްޕާއިންވަނީ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު ކޮށްފައިވާ ޚަރަދުގެ ތަފާސްހިސާބު ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވާ 479 ފަރާތަކަށް އެކަނިވެސް މިދިޔަ މަހު 8،594،982 (އަށް މިލިޔަން ފަސްލައްކަ ނުވަދިހަ ހަތަރުހާސް ނުވަސަތޭކަ އަށްޑިހަ ދެރުފިޔާ) ވަނީ ޚަރަދުކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 170 މީހަކަށް ޚަރަދުކުރި 3،603،816 (ތިން މިލިޔަން ހަލައްކަ ތިންހާސް އަށްސަތޭކަ ސޯޅަ ރުފިޔާ) އާއި، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 309 ފަރާތަކަށް ޚަރަދުކުރި 4،991،166 (ހަތަރު މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) އެވެ.

ބަލި މީހުންގެ ފަރުވާގައި އާސަންދައިން ކަވަރުކުރާ މިންވަރުގެ ބޭރުން ނުދެއްކޭ ބައި ހަމަޖެއްސުމަށް ދާއިމީ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކުން އެންސްޕާގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ. އޭޑީކޭ ހޮސްޕިޓަލަށް އެންމެ ބޮޑު ހޭދައެއް އެންސްޕާއިން ކޮށްފައިވަނީ ކާޑިއޯވެސްކިއުލާގެ ކޭސްތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފަދަ 16 ކޭސްއަކަށް 1،075،420 (އެއްމިލިޔަން ހަތްދިޔަ ފަސްހާސް ހަތަރުސަތޭކަ ވިހި ރުފިޔާ)ވަނީ ޚަރަދުކޮށްފައެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި، ޓްރީޓޮޕްގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކުޑަކުދީންގެ ބަލިތަކުގެ ފަރުވާއަށެވެ. އެއީ 25 ކޭސްއެއްގައި، 1.31 މިލިއަން ރުފިޔާއެވެ. ވަނައަށް އެންމެ ބޮޑު ޚަރަދެއް ކުރީ ކަށީގެ ބަލިތަކުގެ 50 ކޭސްއެއްގައެވެ. އެއީ 902،611 ރުފިޔާއެވެ. އަދި ވިހެއުމާ ގުޅޭ 66 ކޭސްއެއްގައި، 600،536 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިދިޔަ އޮގަސްޓު މަހު ވެސް އެންސްޕާއިން ޕްރައިވެޓް ހޮސްޕިޓަލްތަކަށް ޚަރަދުކޮށްފައިވަނީ 8.6 މިލިއަން ރުފިޔާއެވެ. އަދި އެ މަހު ވެސް އެންމެ ބޮޑު ޚަރަދެއް ދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް 4.8 މިލިއަން ޚަރަދުކުރިއިރު އޭޑީކޭއަށް 3.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ޖުމްލަ ހަތް މިލިއަން ވިޔަފާރި | 3 ދުވަސް ކުރިންޕްރައިވެޓް ދެ ހޮސްޕިޓަލަކަށް އެންސްޕާއިން މިދިޔަ މަހު 8 މިލިއަން ރުފިޔާޚަބަރު | 3 ދުވަސް ކުރިންއޮގަސްޓް މަހު އެންސްޕާއިން ބޭސްފަރުވާއަަށް 16 މިލިއަން ރުފިޔާ ޙަރަދުކުރިޚަބަރު | 17 ދުވަސް ކުރިންއެންސްޕާގެ ކައުންޓަރުގެ ހިދުމަތް މިހާރު ދޭނީ މއ. އުތުރުވެހިންޚަބަރު | މަހެއް ކުރިން