logo
Bank of Maldives

Bank of Maldives

ޚަބަރު

އައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން 47 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

އާމިނަތު ޝަފާ
25 ނޮވެމްބަރު 2025 - 07:23
އައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން 47 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން އައިނު ހެއްދުމަށް ސަރުކާރުން 47.4 މިލިޔަން ރުފިޔާ ހަރަދުކޮށްފިއެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާއެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން އައިނު ހެއްދުމަށް ސަރުކާރުން 47.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސަރުކާރު ހޮސްޕިޓަލްތަކުން ހިދުމަތް ހޯދި 7382 ފަރާތަކަށް 14.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އަދި 17,117 މީހަކަށް އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް 32.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މި ހިދުމަތް ފުޅާކުރެއްވުމަށް އެމްސީޖީއެޗް އޮޕްޓިކަލްސްގެ ނަމުގައި އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިނު ފިހާރަ ޤާއިމްކުރައްވާފައެވެ. އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ތެރެއިން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ. 

އައިނު ފިހާރައިން މިވަގުތު ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުން، ކޮންމެ 2 އަހަރަކުން ދޫކުރާ 2000 ރުފިޔާގެ ސްކީމްގެ ތެރެއިންނެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތް ދޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. އަދި އެމްސީޖީއެޗް އޮޕްޓިކަލްސްއިން ދޭ ޚިދުމަތަކާ ގުޅޭ މަޢުލޫމާތު، 3335150 އަށް ގުޅައިގެން ހޯދޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

39 ފަރާތަކަށް އައިވީއެފް ފަރުވާގެ އެހީ ހަމަޖައްސައިދީފިޚަބަރު | 2 މަސް ކުރިން"އައި.ވީ.އެފް" ގެ ފަރުވާއަށް "ފަރޓިލިޓީ ކެއަރ ފަންޑް" ލިބޭ ފުރަތަމަ ބެޗް އިއުލާންކޮށްފިޚަބަރު | 2 މަސް ކުރިންއެންސްޕާއިން މިދިޔަ މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 2 މަސް ކުރިންއެންސްޕާގެ "ހެލްޕު ޑެސްކެއް" ހެންވޭރު ފެރީ ޓާމިންލްގައި ގާއިމުކޮށްފިޚަބަރު | 2 މަސް ކުރިން