logo
Bank of Maldives

Bank of Maldives

ޚަބަރު

އެންސްޕާގެ "ހެލްޕު ޑެސްކެއް" ހެންވޭރު ފެރީ ޓާމިންލްގައި ގާއިމުކޮށްފި

ޒިދާން މުޙައްމަދު
13 ޖެނުއަރީ 2026 - 12:16
އެންސްޕާގެ ސީއީއޯ ހީނާ
އެންސްޕާގެ ސީއީއޯ ހީނާ

ސަރުކާރުން ހުޅުވާލާފައިވާ އިޖުތިމާޢީ އާންމު އެހީތަކަށް އެދުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ "ހެލްޕު ޑެސްކެއް" ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ޤާއިމުކޮށްފިއެވެ.

މިއަދުން ފެށިގެން އެ ޑެސްކުން ޚިދުމަތް ލިބެމުންދާނެކަމަށް އެންސްޕާއިން ހާމަކޮށްފައި ވެއެވެ.

ސަރުކާރުންވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިގެ ދަށުން ތެރަޕީގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމާއި، ތެލެސީމިއާ ކުދިންނަށް އެލަވަންސް ދިނުމަށް ނިންމާފައެވެ. ސަރުކާރުގެ ޑިޖިޓަލް ނިޒާމުގެ ތެރެއިން "ވަންގަވް" މެދުވެރިކޮށް ޚިދުމަތަށް އެދި ހުށައެޅުމަށް ހުޅުވާލާފައިވާއިރު އެކަމުގައި ބައެއް ފަރާތްތަކަށް ރަޖިސްޓަރވުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ޝަކުވާތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އާންމުންގެ ފަރާތުންވަނީ ހުށަހަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މިކަމަށް ޙައްލެއްގެނެސް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންސްޕާއިންވަނީ ޚާއްސަ ޑެސްޓެއް ޤާއިމުކޮށްފައެވެ.

މި "ހެލްޕް ޑެސްކް" ޤާއިމުކޮށްފައި ހުންނާނީ ހެންވޭރު ފެރީ ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާގައެވެ. ސަރުކާރުން ބަންދު ދުވަސްތައް ފިޔަވާ އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:30އިން ހަވީރު 04:00 އަށް އެޑެސްކުން ޚިދުމަތް ލިބޭނެކަމަށް އެންސްޕާއިން ބުނެއެވެ.

މި ހެލްޕް ޑެސްކް މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އެލަވަންސްއާއި، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ އެލަވަންސާއި، ފޯސްޓަރކޮށްގެން ދަރިން ބަލާ ބެލެނިވެރިންގެ އެލަވަންސާއި، ކާބޯތަކެތި ހޯދުމަށް އެދި ހޯދާ އެލަވަންސާއި، ތެރަޕިއުޓިކް ޚިދުމަތްތަކަށްދޭ އެލަވަންސާއި، ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދޭ އެލަވަންސާއި، އައިވީއެފް ފަރުވާއާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

އެންސްޕާއިން ބުނީ، އެޑެސްކް މެދުވެރިކޮށް އެޕްލިކޭޝަން ފުރުމާއި ހުށައެޅުމުގެ ކަންކަން އޮޅުންފިލުވާލެވޭނެކަމަށެވެ. އަދި ހުށައަޅާފައިވާ އެޕްލިކޭޝަންގެ އަޕްޑޭޓް ބަލާލުމާއި އެންސްޕާގެ އެހެން ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތުތައްވެސް ހޯދޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެކަމަށް އެއިދާރާއިން ބުނެއެވެ. މީގެއިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ "އީ-ފާސް" ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެންސްޕާގެ މުވައްޒަފުންގެ އެހީތެރިކަން އެޑެސްކުން ލިބިގެންދާނެއެވެ. ހަމައެއާއެކު އެންސްޕާގެ ޚިދުމަތްތައް ހޯދުމަށް އެދޭ އެހެން ކަންކަމުގައިވެސް އެއިދާރާގެ މުވައްޒަފުންގެ އެހީތެރިކަން އެކުވެރި މާޙައުލެއްގެ ތެރެއިން ލިބިގެންދާނެކަމަށް އެންސްޕާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

39 ފަރާތަކަށް އައިވީއެފް ފަރުވާގެ އެހީ ހަމަޖައްސައިދީފިޚަބަރު | 2 މަސް ކުރިން"އައި.ވީ.އެފް" ގެ ފަރުވާއަށް "ފަރޓިލިޓީ ކެއަރ ފަންޑް" ލިބޭ ފުރަތަމަ ބެޗް އިއުލާންކޮށްފިޚަބަރު | 2 މަސް ކުރިންއެންސްޕާއިން މިދިޔަ މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 2 މަސް ކުރިންއެންސްޕާގެ "ހެލްޕު ޑެސްކެއް" ހެންވޭރު ފެރީ ޓާމިންލްގައި ގާއިމުކޮށްފިޚަބަރު | 2 މަސް ކުރިން