logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފި

އައިޝަތު އިނާޝާ
1 އޭޕްރީލު 2026 - 06:14
އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފި

އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު ޑރ.އައިޝަތު ޝިހާމްއާއި،މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންގެ އިތުރުން، އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ހިތަދޫގައި މިފަދަ އޮފީހެއް ހުޅުވިގެންދިއުމަކީ މި ސަރަހައްދުގަ ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށެވެ.

މި އޮފީސް ހުޅުވިގެން ދިއުމަކީ މި ސަރަހައްދުގަ ދިރިއުޅޭ ފަރާތްތަކަށް، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އަދި ދައުލަތުން އެހީ ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް. އެންސްޕާ އަދި އާސަންދައިގެ ޚިދުމަތްތަކަކީ ބޮޑަށް ޑިޖިޓަލައިޒް ކުރެވިފަވާ ޚިދުމަތްތަކަކަށްވިޔަސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މިފަދަ ބޮޑެތި ސިޓީތަކުގަ އަޅުގަނޑުމެންގެ އޮފީސްތައް، އަޅުގަނޑުމެންގެ މުވައްޒަފުން ހަރަކާތްތެރިވާންޖެހޭކަން: ހީނާ

ދައުލަތުގެ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ސިއްޙީ ފަރުވާއާއި ގުޅިގެން ހޯދަންޖެހޭ އެކި ވަސީލަތްތައް ހޯދައިދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންސްޕާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މާލީ ޢިނާޔަތާއި އެފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ޢިނާޔަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިފަދަ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްވެސް އެންސްޕާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

އާސަންދަ އަދި އެންސްޕާގެ ޚިދުމަތް ތަރައްޤީކޮށް، މި ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފިޚަބަރު | ގަޑިއިރެއް ކުރިންއާސަންދައިން ރައްޔިތުންނަށް އިތުރު ލުޔެއް: އަންނަ މަހުން ފެށިގެން އެމްބިއުލާންސް ދަތުރު ކަވަރ ކުރާނެ!ޚަބަރު | 2 ދުވަސް ކުރިން 39 ފަރާތަކަށް އައިވީއެފް ފަރުވާގެ އެހީ ހަމަޖައްސައިދީފިޚަބަރު | 2 މަސް ކުރިން"އައި.ވީ.އެފް" ގެ ފަރުވާއަށް "ފަރޓިލިޓީ ކެއަރ ފަންޑް" ލިބޭ ފުރަތަމަ ބެޗް އިއުލާންކޮށްފިޚަބަރު | 2 މަސް ކުރިން