logo
MPL

MPL

ޚަބަރު

60،000ރ. އަށްވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް އާސަންދައިން ފުލް ކަވަރޭޖެއް ނުލިބޭގޮތަށް ގެންނަ ބަދަލާއެކު އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ސެޕްޓެމްބަރު 2026 - 11:20
އާސަންދަ އަށް ގެންނަ ބަދަލާއެކު އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސް

 

މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް އާސަންދައިން ފުލް ކަވަރޭޖު ނުލިބޭ ގޮތަށް އުސޫލު ބަދަލުކުރުމުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އޮންނަ ގޮތުން އެންމެ މުއްސަނދި މީހާއަށްވެސް އަދި އާދައިގެ މީހާއަށްވެސް އެއްވެސް ތަފާތެއް ނެތި އާސަންދަ ނިޒާމުގެ ދަށުން ޚިދުމަތް ލިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކަމާގުޅޭ ފަންނީ މާހިރުންވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން، ލިބޭ އާމްދަނީއަށް ބަލައިގެން އާސަންދަ ކަވަރޭޖު ދެވޭ އުސޫލަށް އަންނަ މަހުން ފެށިގެން ބަދަލު ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލުތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭ ފަރާތްތަކަށް އާސަންދަ ލިބޭނީ ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި މި ބަދަލާއެކު އަހަރެއްގެ މައްޗަށް ސަލާމަތްވާ 287 މިލިއަން ރުފިޔާ، ރައްޔިތުންގެ އެހެނިހެން ކަންކަމަށް ޚަރަދުކުރުމަށް ދައުލަތަށް ލިބިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ގެނެވޭ ބަދަލުގެ ސަބަބުން މި އަހަރުވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރެވޭނެ ކަމަށާއި، ނަމަވެސް މީގެ އެންމެ ބޮޑު ހެޔޮ ބަދަލެއް ފެނިގެންދާނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ހިލޭ ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ގާއިމުކޮށްފައިވާ ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމަށް ގެނެވޭ މި ބަދަލުތަކުގެ އިތުރު ތަފްސީލުތައް ކަމާގުޅުންހުރި އިދާރާތަކުން ކުރިއަށް އޮތްތަނުގައި ހާމަކުރައްވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | 5 ގަޑިއިރު ކުރިންއިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | 19 ގަޑިއިރު ކުރިންއިޤްތިޞާދީ އަދި ޚާރިޖީ ބޮޑެތި ކާމިޔާބީތަކަކާއެކު ރައީސްގެ ދެކަނބަލުން ޕާކިސްތާން ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | ދުވަހެއް ކުރިންމޯލްޑިވިއަންގެ ސީދާ ދަތުރުތައް ކަރާޗީއަށް ފަށަނީޚަބަރު | ދުވަހެއް ކުރިން