logo
MPL

MPL

ޚަބަރު

އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ

އައިޝަތު ނަޝާ
4 މޭ 2026 - 10:22
އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާ އައްޔަން ކުރައްވައިފިއެވެ.

ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އެޗްޕީއޭ އާއި ދަމަނަވެށި އަދި ބްލަޑް ސަރވިސްގެ މަސައްކަތްތައް ޝިރުނާ ގެންދަވަނީ ބަލަހައްޓަވަމުންނެވެ. 23 އަހަރުވަންދެން ނަރުހެއްގެ ވަޒީފާ އަދާކުރެއްވި ޝިރުނާވަނީ މިދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ.

ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވި އާމިނަތު ޝިރުނާއަކީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.އެންސްޕާގެ ސީއީއޯގެ މަޤާމަށް އާމިނަތު ޝިރުނާ އައްޔަންކުރެއްވުމާއި ގުޅިގެން ޞިއްޙީ ވުޒާރާއިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

އެންސްޕާއަށް އައު ސީސީއޯއެއް އައްޔަން ކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި ހީނާ ވަލީދު، ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް ތެލެސީމިއާ އެލަވެންސްގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރިޚަބަރު | 25 ދުވަސް ކުރިންތެރަޕިއުޓިކް ފަރުވާ އަށް ދައުލަތުން ހަތް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފިޚަބަރު | 3 މަސް ކުރިންއެންސްޕާއިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ނަމްބަރެއް ތައާރަފްކޮށްފިޚަބަރު | 4 މަސް ކުރިންއެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫގައި ގާއިމްކޮށްފިޚަބަރު | 4 މަސް ކުރިން