logo
Bank of Maldives

Bank of Maldives

ޚަބަރު

އެންސްޕާއިން މިދިޔަ މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރި

އައިޝަތު ނަޝާ
18 ޖެނުއަރީ 2026 - 06:55
އެންސްޕާއިން މިދިޔަ މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރި

ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ޑިސެމްބަރު މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ދީފަވާކަމަށް އެންސްޕާއިން ބުނެފިއެވެ.

ހުސްވި ޑިސެމްބަރު މަހު ޖުމުލަ 54 މިލިޔަން ރުފިޔާ ވަނީ އެންސްޕާގެ ދަށުން ހޭދަކޮށްފައެވެ. އެންމެ ގިނަ މީހުންނަށް އެހީތެރިކަން ދީފަވަނީ ކަށީގެ ބަލިތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter


މީގެއިތުރުންވެސް އިތުރު 12 ބާވަތުގެ ބައްޔަށް ފަރުވާ ދިނުމަށް، 420 މީހުންނަށް އެންސްޕާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލް އަދި އޭޑީކޭއިން ފަރުވާހޯދި 473 މީހުންނަށް އެހީތެރިކަން ދީފަވެއެވެ.އަދި މި ދެ ހޮސްޕީޓަލުން ހޯދި ފަރުވާއަށް 6.4 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އެއީ ޓްރީޓޯޕްއިން ފަރުވާ ހޯދި 302 މީހުންނަށް ކޮށްފައިވާ 3.5 މިލިޔަން ރުފިޔާގެ ޚަރަދާއި، އޭޑީކޭއިން ފަރުވާ ހޯދި 171 މީހުންނަށް ކޮށްފަވާ 2.8 މިލިޔަން ރުފިޔާގެ ޚަރަދެވެ. މީގެއިތުރުން އެސިސްޓިވް ޑިވައިސްތައް ހޯދުމަށް 3 މިލިޔަން ރުފިޔާގެ އެހީތެރިކަން ވަނީ ދީފައެވެ.

ޑިސެމްބަރު މަހު ރާއްޖެ އަދި ރާއްޖެއިން ބޭރުން ފަރުވާކުރުމަށްވެސް ބޮޑު އެހީތެރިކަމެއް އެންސްޕާއިން ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އެންސްޕާގެ ދަށުން، 35 މިލިޔަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް 18.9 މިލިޔަން ރުފިޔާގެ އެހީ ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާގެ "މެޑިކަލް ވެލްފެއަރ ސްކީމް"ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދަގެ ދަށަށްޚަބަރު | 14 ދުވަސް ކުރިންއެންސްޕާގެ ސީއީއޯއަކަށް ޝިރުނާޚަބަރު | މަހެއް ކުރިންއައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފިޚަބަރު | 2 މަސް ކުރިން 39 ފަރާތަކަށް އައިވީއެފް ފަރުވާގެ އެހީ ހަމަޖައްސައިދީފިޚަބަރު | 5 މަސް ކުރިން