އެންސްޕާގެ ޚިދުމަތްތައް ޑިޖިޓަލް ކުރަންފެށުމުން، އަވަހަށް ޚިދުމަތް ލިބުމަށް މަގުފަހިވެގެންްދާނެ: ހީނާ ވަލީދު
27 ނޮވެމްބަރު 2025 - 07:49

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޚިދުމަތްތައް ޑިޖިޓަލް ކުރަން ފަށާފައިވާއިރު މިކަމުގެ ސަބަބުން, ޚިދުމަތް ފޯރުކޮށް ދިނުމަށާއި އަދި އަވަހަށް ޚިދުމަތް ލިބުމަށް ވެސް މަގުފަހިވާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ހީނާ ވިދާޅުވީ، މިހާރު އެންމެ އުނދަގުލީ، ބައިވަރު މައުލޫމާތުތައް އެ އެޖެންސީއަށް ބޭނުންވާއިރު, އެހީ ދިނުމުގެ ކުރިން ޔަގީން ކުރަން ޖެހޭ މުހިންމު މައުލޫމާތުތައް ހޯދުމަށް ކަމަށެވެ. ޑިޖިޓަލް ޚިދުމަތާއެކު މީހުންނަށް ފޯމް ހުށަހެޅޭނީ ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއް ލިބިއްޖެކަން ސިސްޓަމުން ކަށަވަރު ކުރުމުން ކަމަށް ހީނާ ވިދާޅުވިއެވެ.

Ad by Hajj Corporation
ހަމައެއާއެކު ޑޮކިއުމެންޓެއް މަދުވާނަމަ ސިސްޓަމްގެ ތެރެއިން ކަސްޓަމަރަށް އެކަން އެނގޭނެ ކަމަށް ހީނާ ވަނީ ވިދާލުވެފައެވެ.
"، މިހާރު އެންމެ ގިނައިން އެންސްޕާއަށް އާއްމުން ގުޅަނީ، އެހީއަށް އެދޭ ފޯމު ހުށަހެޅުމަށް ފަހު, އޭގެ އަޕްޑޭޓް ބަލަން. ނަމަވެސް ޚިދުމަތްތައް ޑިޖިޓަލްވުމުން އެމީހަކު ލާ ފޯމެއްގެ އެންމެ ފަހުގެ މައުލޫމާތާއި ކަން އޮތް ހިސާބު, އީފާސްއިން ލޮގިން ވެލުމުން އެނގިގެންދާނެ" އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
މީގެ އިތުރުން އެހީ ހޯދަން ހުށަހަޅާއިރު،ގިނަ ޑޮކިއުމަންޓުތަކެއް ހުށަހަޅަން ނުޖެހި،މަދުޑޮކިއުމަންޓުތަކެއް ހުށަހަޅައިގެން އެހީ ލިބުން ފަދަ ފަސޭހަތައް ވެސް ޑިޖިޓަލްވުމުން ލިބޭނެކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
އެންސްޕާއަކީ، އެކި ކަންކަމުގައި ރައްޔިތުންނަށް މާލީ އެހީ ފޯރުކޮށްދޭ އެޖެންސީއެއް ކަމަށްވާއިރު، އެކަމަށް ބޮޑު ހޭދައެއް ކުރެއެވެ. ކޮންމެ މަހަކު އެންސްޕާއިން ތަފާސްހިސާބުތައް ހާމަ ކުރާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންގެ އިތުރުން ބޮޑެތި ބަލިތައް ތަހަންމަލް ކުރަމުން އަންނަ މީހުންނަށް ދޭ އެހީތައް ވެސް ހިމެނެއެވެ.


