logo
MPL

MPL

ޚަބަރު

''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ސެޕްޓެމްބަރު 2026 - 13:01
''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި ސިފަތައް ޒަމާނާއެކު އެކި ސަބަބުތަކާހެދި ބަދަލުވެފައިވާ ކަމަށެވެ. މިގޮތުން ޓެކްނޮލޮޖީއާއި އިޤްތިސާދީ ގޮތުން އައި ބަދަލުތަކާއި، އިޖްތިމާޢީ ކަންކަމާއި ސިޔާސީ އޮއިވަރުތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި އިޖްތިމާޢީ ފޭރާން ގެއްލި، މުޖުތަމަޢުގައި ބައިބައިވުން އުފެދިފައިވާކަން ވަޒީރު ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުން

ވަޒީރު ވިދާޅުވީ "އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމެއްގެ މަތިން، ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން އިއާދަކޮށް ދިރުވައިއާލާކުރުމަށްޓަކައި ފައްޓަވާ މަޝްރޫޢެއް ކަމަށެވެ. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާގޮތަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ ކާބަފައިންގެ ޒަމާނުގައި ހުރި ރީތި އާދަކާދަތަކަށް މީހުން ހޭލުންތެރިކުރުވުމަށް އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢު އެކުލަވާލުމަށް ކަމާބެހޭ ގިނަ ފަރާތްތަކާ ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ދިވެހިބަހާއި ތާރީޚާއި ސަގާފަތް ބިނާވެފައިވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމަށާއި އިސްލާމީ މުޖުތަމަޢެއްގައި އެންމެ މުހިންމު އެއް ކަމަކީ އިހްތިރާމްކުރުން ކަމަށެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަށާޖެހޭ ތަރައްޤީ ގެނެވޭނީ އިންސާނީ ސިކުނޑިތައް ވެސް ބިނާކޮށްގެން: ހީނާޚަބަރު | 38 މިނިޓު ކުރިންކުދި ޖަޒީރާ ގައުމުތަކުގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުލިބޭ ނިޒާމެއް މުހިންމު: ރައީސްޚަބަރު | 16 ގަޑިއިރު ކުރިންބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކޮށް، ވައުދުތައް ފުއްދުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 17 ގަޑިއިރު ކުރިންދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ސަފުގައި ރައީސް މުޢިއްޒުޚަބަރު | 19 ގަޑިއިރު ކުރިން