logoEN
ޚަބަރު

ސަރުކާރުގެ އެހީގައި އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

20 ނޮވެމްބަރު 2025 - 03:08

ޤުދުރަތީ ގޮތުން ދަރިމައިނުވާ ދެމަފިރިންނަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުން ގާއިމްކޮށްފައިވާ "ފާޓިލިޓީ ކެއާ ފަންޑު"ން މި އަހަރު އައިވީއެފް ފަރުވާ ހަދަން 50 ދެމަފިރިއަކަށް އެހީދިނުމަށް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުދަ ދުވަހު ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެން ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

އެންސްޕާ އިން ކުރި އިއުލާނެއްގައި ބުނީ، މިފަހަރު ހުޅުވާލި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިދިޔަ އަހަރު 100 ދެމަފިރިއަކަށް މި ފުރުސަތު ހުޅުވާލިއިރު، އެއީ 2022 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، 93 ދެމަފިރިއަކަށް ޖުމްލަ 7.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މި ފުރުސަތަށް އެދި ސަރުކާރުގެ "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެންސްޕާ އިން ބުނެއެވެ. މީގެ އިތުރުން، އައިވީއެފް އަދި އައިޔޫއައިގެ ފަރުވާއަށް ފާޓިލިޓީ ފަންޑުން އެހީތެރިވުމުގެ އުސޫލު ވެސް މިއަދު ވަނީ އާއްމުކޮށްފަ އެވެ.

އާއްމުކުރެވުނު އުސޫލުގައިވާ ގޮތުން އެހީއަށް އެދެވޭނީ، ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ، އަދި ދަރިމައިވުމަށް ހުރަސް އެޅޭ ޤުދުރަތީ ސަބަބެއް މެދުވެރިވެފައިވާ ފަރާތްތަކަށެވެ. އަދި ދަރިމައިވުމުގެ އެހެން ފަރުވާތައްކޮށް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައި ވުމަކީ ވެސް ޝަރުތެކެވެ.

View post on Twitter

އެންސްޕާ އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި ފަރުވާގެ އެހީ ފޯރުކޮށްދިން 93 އަންހެނުންގެ ތެރެއިން 23 މީހެއްގެ ފަރުވާ ވަނީ ކާމިޔާބުވެފަ އެވެ. އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް 2022 ވަނަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.

ދައުލަތުގެ ވެލްފެއާ އިދާރާގެ އިތުރުން އާސަންދައިގެ ދަށުން ވެސް މިހާރު އަންނަނީ އައިވީއެފް ހެދުމަށް މާލީ އެހީ ދެމުންނެވެ. އެހެންވެ، އެކަމަށް ދެ ފަންޑަކުން މި ވަގުތު އެހީތެރިކަން ފޯރުކޮށްދެ އެވެ. ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމަވާފައިވާ ވައުދެކެވެ.

އައިޖީއެމްއެޗްގައި ވެސް އައިވީއެފް ހެދޭނެ ގޮތްތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއް ކަމަށްވާ، އައި.ވީ.އެފްއަށް ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder