އަވީއެފް ހެދުމަށް އެހީދޭ އިތުރު 63 މީހުން ކަނޑައަޅައިފި


02 ނޮވެމްބަރު 2024 - 18:13
އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމުގެ ދެވަނަ ބުރުގައި އެހީ ދޭ 63 މީހެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ކަނޑައަޅައިފި އެވެ.
އައިވީއެފް ހެދުމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް އެންސްޕާ އިން ހުޅުވާލި ފުރުސަތު މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު އެ މުއްދަތުގައި ޖުމްލަ 215 މީހުން ކުރިމަތި ލާފަވެއެވެ.
މިއަހަރު އައިވީ އެފް ހެދުމަށް އާސަންދައިން އެހީ ލިބޭ 100 ފަރާތުގެ ތެރެއިން ދެވަނަ ބުރުގައި އެހީ ލިބޭ 63 ފަރާތެއް މިހާރު ކަނޑައަޅައި އަންގަމުންދާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
ދެވަނަ ބުރުގައި އެހީ ލިބޭ މީހުންގެ ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ކަންކަން ހިއްސާކުރުމަށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.
އިތުރު ލިޔުންތައް

ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ހާލަތުގައި އާސަންދަ ލިބޭނެ
5 މަސް ކުރިން
ސިންގަލް އިންޝިއުރެންސްގެ ނިޒާމަކަށް ބަދަލު ކުރުމަކީ އަމާޒެއް - އެންސްޕާ
5 މަސް ކުރިން
އައިވީއެފްގެ ފަރުވާ ލިބޭ ދެވަނަ ބެޗްގެ ލިސްޓް މުރާޖާކޮށް އާންމުކޮށްފި
5 މަސް ކުރިން