logo
Bank of Maldives

Bank of Maldives

ޚަބަރު

އޮގަސްޓް މަހު އެންސްޕާއިން ބޭސްފަރުވާއަަށް 16 މިލިއަން ރުފިޔާ ޙަރަދުކުރި

އައިޝަތު ނަޝާ
27 ސެޕްޓެމްބަރު 2025 - 11:26
އޮގަސްޓް މަހު އެންސްޕާއިން ބޭސްފަރުވާއަަށް 16 މިލިއަން ރުފިޔާ ޙަރަދުކުރި

މިދިޔަ މަހު އެންސްޕާ އިން ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް 16.8 މިލިއަން ރުފިޔާ ދޫކުުރި ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އެހީތެރިކަމަކީ، ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ތެރެއިން ދެމުންދާ ހަރަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންސްޕާއިން މިއަދު އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށްޓަކައި މިދިޔަ މަހު 8.5 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެެވެ. އަދި ރާއްޖެއިން ފަރުވާ ކުރުމަށްޓަކައި 8.3 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހު 22 ބާވަތެއްގެ ބައްޔަކަށް ބޭސް ކުރުމަށް ފައިސާ ދޫކޮށްފަައި ވެއެވެ. އަދި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް ފޯރުކޮށްދެވޭ މާލީ އެހީގެ ތެރެއިން މިދިޔަ މަހު 14،673 މީހަކަށް 52 މިލިއަނަށް ވުރެ ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ.

މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިދިޔަ މަހު 390 މީހަކަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ. ހަމަ އެއާއެކު، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 82 މީހަކަށް 484،546 ރުފިޔާ އެ އެޖެންސީން ވަނީ ހަަމަޖައްސައިދީފައެވެ.ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މިދިޔަ މަހު ދިން އެހީގެ ތަފްސީލަށް ބަލާއިރު، މިދިޔަ މަހު 700 މީހަކަށް 25،720ރ. ދޫކޮށްފައި ވެއެވެ.

އެންސްޕާއިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަހަލައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ އިތުރުން އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމް ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ޖުމްލަ ހަތް މިލިއަން ވިޔަފާރި | 3 ދުވަސް ކުރިންޕްރައިވެޓް ދެ ހޮސްޕިޓަލަކަށް އެންސްޕާއިން މިދިޔަ މަހު 8 މިލިއަން ރުފިޔާޚަބަރު | 3 ދުވަސް ކުރިންއޮގަސްޓް މަހު އެންސްޕާއިން ބޭސްފަރުވާއަަށް 16 މިލިއަން ރުފިޔާ ޙަރަދުކުރިޚަބަރު | 17 ދުވަސް ކުރިންއެންސްޕާގެ ކައުންޓަރުގެ ހިދުމަތް މިހާރު ދޭނީ މއ. އުތުރުވެހިންޚަބަރު | މަހެއް ކުރިން