logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ބޭއްވި ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

ޢައްފާން މުޙައްމަދު
9 ސެޕްޓެމްބަރު 2025 - 06:40
އެމްއޭސީއެލް އިން ކުރިއަށް ގެްދިޔަ އެފެކްސް ހަރަކާތުގެ ތެރެއިން -ފޮޓޯ/ އެމްއޭސީއެލް
އެމްއޭސީއެލް އިން ކުރިއަށް ގެްދިޔަ އެފެކްސް ހަރަކާތުގެ ތެރެއިން -ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ބޭއްވި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވި އިރު, ހަރަކާތުގެ ބައެއް ހާލަތްތައް މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކުރިއަށް ގެންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2025-09-09 at 11.38.32_993ddde2.jpg

އެމްއޭސީއެލް އިން ކުރިއަށް ގެްދިޔަ އެފެކްސް ހަރަކާތުގެ ތެރެއިން -ފޮޓޯ/ އެމްއޭސީއެލް

 

ހަރަކާތް ނިންމާލުމަށްފަހު ހުޅުލޭ އައިލެންޑް ހޮޓަލުގައި ރޭ ވަނީ ބައްދަލުވުމެއްވެސް ބާއްވައިފައެވެ. މި ބައްދަލުވުމުގައި ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, އެމަޖެންސީ ހާލަތެއްގައި އެމްއޭސީއެލްގެ އެންމެ މުހިންމު ޒިންމާއާއި ވާޖިބަކަށް ވާނީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށެވެ. އެކަމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ރަނގަޅަށް މުވާސަލާތު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

WhatsApp Image 2025-09-09 at 11.38.33_65baf49e.jpg

އެމްއޭސީއެލް އިން ކުރިއަށް ގެްދިޔަ އެފެކްސް ހަރަކާތުގެ ތެރެއިން -ފޮޓޯ/ އެމްއޭސީއެލް

 

ސީއީއޯ ޝަރީފު ވިދާޅުވީ, އެފެކްސް އިން ފާހަގަވި ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި އެކަން ރަނގަޅު ކުރުމަށް އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ އިދާރާއަކުން ދެއްކެވި ޒިންމާދާރު ކަމަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެފެކްސްގެ ބޭނުމަކީ ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި އެއާޕޯޓުގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޓާމިނަލް1 އިން، އެއާ އިންޑިއާއަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 2 ދުވަސް ކުރިންއައު ޓާމިނަލުން ވާޖިން އެޓްލާންޓިކް އަށް ހިދުމަތްދޭން ފަށައިފިވިޔަފާރި | 9 ދުވަސް ކުރިންމި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިންވީއައިއޭގެ ޓާމިނަލް 1 އިން ސައުދިއާ އަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 13 ދުވަސް ކުރިން