logo
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ތައިލޭންޑުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

އާމިނަތު ޝަފާ
9 ސެޕްޓެމްބަރު 2025 - 10:43
ރައީސުލްޖުމްހޫރިއްޔާ، ތައިލޭންޑުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ތައިލޭންޑްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހިޒް އެކްސަލަންސީ އާނޫޓިން ޗާންވީރާކޫން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑުވަޒީރު އާނޫޓިންގެ ޒަޢާމަތުގައި، ތައިލޭންޑާއި އެ ޤައުމުގެ ރައްޔިތުން، ތަރައްޤީއާއި ފާގަތިކަމުގެ އައު ޒަމާނަކަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އޮތްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ތައިލޭންޑާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރެއްވުމަށްޓަކައި އެމަނިކުފާނާއެކުގައި ގާތުން މަސައްކަތްކުރެއްވުމުގެ ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ތައިލޭންޑުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށަނީ ޚަބަރު | 4 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް އުނިކުރަން ސަރުކާރުން ހުށަހަޅަނީ ޚަބަރު | 4 ގަޑިއިރު ކުރިންސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބުކުރި ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް ސާބަސްދެއްވައިފިޚަބަރު | ދުވަހެއް ކުރިންޔަހޫދީން ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފިޚަބަރު | ދުވަހެއް ކުރިން