logo
ޚަބަރު

ޔަހޫދީން ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

އާމިނަތު ޝަފާ
9 ސެޕްޓެމްބަރު 2025 - 15:50
ޔަހޫދީން  ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

ސަހުޔޫނީ ޢައިރު ގާނޫނީ ޔަހޫދީ ދައުލަތުން ގަތަރަށް ދިން ޓެރަރިސްޓް ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފި އެވެ.

މި ހަމަލާތައް ދީފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހަމާސްގެ ލީޑަރޝިޕްގެ އިސް ފަރާތަކަށް އަމާޒުކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޒްރޭލްގެ އެ ހަމަލާ ކުށްވެރި ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔަހޫދީންގެ އެ އަމަލަކީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާ ޚިލާފު އަމަލެއް ކަމަށާއި އަދި އެއީ މިނިވަން ޤައުމެއްގެ މިނިވަން ކަމަށް އަރައިގަތުމުގެ ބޮޑު ޖަރީމާއެއް ކަމަށެވެ. ރައީސް ވަނީ އިޒްރޭލް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަކުރާރުކޮށް ގޮންޖަހަމުންދާއިރު އެކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައްވާފައެވެ.

ޔަހޫދީންގެ ހަމަލާ ކުށްވެރިކޮށް ގަތަރުން ބުނެފައިވަނީ ޔަހޫދީންގެ ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްދިން ހަމަލާއެއްކަމަށެވެ. އަދި ޤަޠަރުގެ ރައްޔިތުންނާއި، އެޤަޢުމުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޔަހޫދީން އަރައިގެންފައިވާކަމަށް ގަތަރުންވަނީ ބުނެފައެވެ.

މި ހަމަލާ ތަހުގީގުކުރާނެކަމަށްވެސް ގަތަރުންވަނީ ބުނެފައެވެ.

މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް ވެސް އަދި ލިބިފައެއް ނުވެ އެވެ.

ގަތަރުގެ ވެރިރަށް ދޯހާއަކީ ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ހަމަލާދިން 6 ވަނަ އަރަބި އިސްލާމީ ގައުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށަނީ ޚަބަރު | 4 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް އުނިކުރަން ސަރުކާރުން ހުށަހަޅަނީ ޚަބަރު | 4 ގަޑިއިރު ކުރިންސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބުކުރި ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް ސާބަސްދެއްވައިފިޚަބަރު | ދުވަހެއް ކުރިންޔަހޫދީން ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފިޚަބަރު | ދުވަހެއް ކުރިން