logo
ޚަބަރު

ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް އުނިކުރަން ސަރުކާރުން ހުށަހަޅަނީ

އައިޝަތު ނަޝާ
10 ސެޕްޓެމްބަރު 2025 - 12:32
ކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް އުނިކުރަން ސަރުކާރުން ހުށަހަޅަނީ

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ ، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސުންނާއި ކުރީގެ މެމްބަރުންގެ އިނާޔަތް ކުޑަކުރަން މެމްބަރުންގެ ލަފަޔަކަށް އެދި ރައީސްލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އެންމެ ފުރަތަމަ ހުށަހެޅުއްވީ ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު އެ ހިޔާލު ފާޅުކުރެއްވިއިރުވެސް ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި 18.9 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން މިފަހުން ވަނީ ހާމަވެފައެވެ.

2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އިންޝުއަރެންސަށް ހޭދަވި ހަރަދުތަކުގެ ތަފްސީލް ހޯދަން އާއްމުންގެ މީހަކު އާރުޓީއައި ހުށަހެޅެމުން މަޖިލިހުން އާންމު ކުރި މައުލޫމާތުގައި ވާގޮތުން އެ މުއްދަތުގައި ކޮންމެ އަހަރަކު ހެލްތު އިންޝުއަރެންސް ބޭނުންކޮށްފައިވަނީ 34 މެންބަރުންނެވެ.

އެގޮތުން 11 އަހަރުގެ މުއްދަތުގައި ކޮންމެ މެމްބަރަކު ޖުމްލަ 229،500 ރުފިޔާ ވަނީ އިންޝުއަރެންސަށް ހަރަދުކޮށްފައެވެ.

މަޖިލީހުގެ މައުލޫމާތުގައިވާގޮތުން މެންބަރުންގެ އިންޝުއަރެންސަށް އެންމެ ބޮޑު ހޭދައެއް ކުރީ 2023 ވަނަ އަހަރު މެއި މަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި 3.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ދެން އެންމެ ގިނައިން މެންބަރުންގެ އިންޝުއަރެންސަށް ހަރަދުކުރީ 2019 އަދި 2020 ވަނަ އަހަރުގައެވެ. އެ ދެ އަހަރު ޖުމްލަ 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ކުރީގެ މެންބަރުންގެ އިންޝުއަރެންސަށް ހަރަދުކޮށްފައިވަނީ 562،500 ރުފިޔާއެވެ. އަދި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ހަރަދުކޮށްފައިވަނީ 1،056،000 (އެއް މިލިއަން ފަންސާސް ހަ ހާސް) ރުފިޔާއެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 އިންސައްތަ ދައުލަތުން ދޭންޖެހެއެވެ. އަދި އެއް ދައުރަށް ވުރެ އިތުރަށް މެމްބަރުކަން ކޮށްފައިވާނަމަ އެ އިނާޔަތް އިތުރަށް ބޮޑުވެ އެވެ.

ރައީސްގެ މި ހުށަހެޅުމާއެކު މިއީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އޭރުވެސް ގިނަ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެގޮތުން ދައުލަތުގެ ދަރަނި 150 ބިލިއަނަށް އަރާއިރު މި ހާލަތުން އަރައިގަތުމަށް ހަރަދުތައް ކުޑަކުރަންޖެހޭކަމަށާއި ކުރީގެ ރައީސުންނާއި، މެމްބަރުންނާއި، ފަނޑިޔާރުންނާއި، ފުލުހުންނާއި، ސިފައިންނަށް ދެމުން އަންނަ އިނާޔަތް އުނިކުރަންޖެހޭކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ރައީސްގެ ނިންމުމަށް މަރުހަބާކިޔަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށަނީ ޚަބަރު | 7 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް އުނިކުރަން ސަރުކާރުން ހުށަހަޅަނީ ޚަބަރު | 8 ގަޑިއިރު ކުރިންސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބުކުރި ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް ސާބަސްދެއްވައިފިޚަބަރު | ދުވަހެއް ކުރިންޔަހޫދީން ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފިޚަބަރު | ދުވަހެއް ކުރިން