logo
ޚަބަރު

އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށަނީ

އައިޝަތު ނަޝާ
10 ސެޕްޓެމްބަރު 2025 - 12:44
އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށަނީ

އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނައިން އިތުރުކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ގަނޑުކޮށް ގެނެސް، ވިއްކުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަގެ މެނިފެސްޓޯގައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެމޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި، އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ 90 އިންސައްތައަށްވުރެ ގިނަ ބައި ބޭރުން އެތެރެކުރަން ޖެހުމެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ކާބޯތަކެތީގެ އަގު މައްޗަށް ދިއުމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް އިންވެސްޓްމަންޓް ގެނައުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އަދި އާދަކާދައިގެ ތެރެއިން ކުރަމުން އައި ގޯތިތެރޭގައި ގަސްއިންދުމުގެ އާދަ އަލުން އާލާކުރުމަށް މަސައްކަތްތަކެއް ވެސް ފަށާފައެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ފުދުންތެރިކަން އިތުރުވެ، ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު މަދުކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށަނީ ޚަބަރު | 8 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެމްބަރުންގެ އިނާޔަތް އުނިކުރަން ސަރުކާރުން ހުށަހަޅަނީ ޚަބަރު | 8 ގަޑިއިރު ކުރިންސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބުކުރި ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް ސާބަސްދެއްވައިފިޚަބަރު | ދުވަހެއް ކުރިންޔަހޫދީން ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފިޚަބަރު | ދުވަހެއް ކުރިން