logo
ކުޅިވަރު

ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއް

އައިޝަތު ނަޝާ
10 ސެޕްޓެމްބަރު 2025 - 11:56
ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއް

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ފަޚުރުވެރި ކާމިޔާބީ ހޯދި ރާއްޖޭގެ ގައުމީ ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ތައްޓާއެކު ޤައުމީ ޓީމު ރާއްޖެ އައުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ، ކުޅިވަރު ވުޒާރާގެ އިސްބޭފުޅުންނާއި، ކުޅިވަރު އާއިލާގެ ބޭފުޅުންނެވެ. އެއާޕޯޓުން މަރުޙަބާ ދެންނެވުމަށް، ކޮމިޝަނާ އޮފް ސްޕޯޓް މުޙައްމަދު ތޮލާލްލާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤާއި، އެފްއޭއެމްއާއި، މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ޚާއްސަ އައިޓަމެއްވެސް އެއަރޕޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މިއަދު ހަވީރު 3:45 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ވަނީ ،ޤައުމީ ޓީމަށް ރަސްމީކޮށް މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ސްރީލަންކާ އަތުން ހޯދި ބޮޑު މޮޅާއެކު ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއި އެކު ފޮޓޯ ނެގުމާއި، ޤައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އަދި އުފާވެރި ވަގުތުކޮޅެއް ޓީމާއެކު ހޭދަކޮށްލުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.

ޤައުމީ ޓީމަށް ހޯދި ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ މަރުޙަބާ ދަންނަވާފައެވެ. ޤައުމީ ޓީމަށް ސާބަސް ދެއްވައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި އިއްޔެ ހަވީރު ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މިއީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖެއިން ފުޓުބޯޅައިގައި އުފުލާލި ފުރަތަމަ ޓްރޮފީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއްކުޅިވަރު | 12 ގަޑިއިރު ކުރިން