ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓްގައި ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
14 ސެޕްޓެމްބަރު 2025 - 11:21

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ހދ. ނޮޅިވަރަންފަރުން ހައުސިންގ ޔުނިޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކާއެކީ ސޮއިކުރުމުގެ އިންތިޒާމް 2025 ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައި ކުރިއަށްދާނެކަމަށެވެ.

Ad by Hajj Corporation
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00ން މެންދުރުފަހު 1:30 އަށެވެ.
ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތައް ރަސްމީކޮށް އެރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. މި ހައުސިންގ ޔުނިޓުތައް ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިންނެވެ.