logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯ ހޮޓާ، 20 މިލިއަން ޑޮލަރަށް އަގުކޮށް ފޭސް 2 ގެ ބިމަކާ ބަދަލުކޮށްފި

ޢައްފާން މުޙައްމަދު
4 ސެޕްޓެމްބަރު 2025 - 09:16
އެސްޓީއޯ ހޮޓާ، 20 މިލިއަން ޑޮލަރަށް އަގުކޮށް ފޭސް 2 ގެ ބިމަކާ ބަދަލުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް މަޝްރޫޢު، ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެޗްޑީސީ އާ ހަވާލުކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ހޮޓާ އަގުކޮށްފައި ވަނީ 20 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެ މަގުން، ހުޅުމާލެ ދެވަނަ ފިޔަވަހިން އެސްޓީއޯއަށް، އެޗްޑީސީން ވަނީ ބިމެއް ދީފައެވެ.

އެސްޓީއޯއިން އިތުރަށް ބުނީ، މި މުޢާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމަނާނެކަމަށެވެ.

އަދި މި އިޢުލާނު ކޮށްފައިވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ ސީޑީއޯއައި ރެގިއުލޭޝަންގެ ދަށުންކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތްކުރަން ފަށާފައިވާ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖަކާއި ފަސްތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން ވަނީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން އުފައްދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި އިމާރާތުގެ 3.5 ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ މީޑިއާ ވިލެޖްގެ އިތުރުން ތަރިކަ ކޮލެޖާއި، އެމްއެންޔޫ މެޑިކަލް ސްކޫލާއި، ޔޫތު ސެންޓަރަށެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ ތަންތަން ނިންމުމަށް ފަސް މަސްދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ. މި ބައިތައް ތަރައްޤީކުރުމަށް ހަތް މިލިއަން ޑޮލަރު ޚަރަދުކުރެވޭނެއެވެ.

17 އަހަރު ވަންދެން ބޭނުން ނުކުރެވި ހުރި، 34 މިލިއަން ޑޮލަރުގެ މި އިމާރާތް އަލުން ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް އަމާޒެކެވެ.

މުޅި ހޮޓަލުގެ މަސައްކަތް ނިންމައި ހުޅުވުމަށް ކަނޑައަޅާފައިވަނީ 12 މަސްދުވަހުގެ މުއްދަތެކެވެ.

2007 ވަނަ އަހަރު ލޭންޑްމާކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ފެށި މި އިމާރާތް، މިހާރު "މަންހަޓަން ގްރޭންޑް" ގެ ނަމުގައި އަލުން ތަރައްޤީކުރެވި، ރާއްޖޭގެ ފަތުރުވެރިކަމާއި މީޑިއާ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް އައު ހަރުފަތެއް ގެނެސްދޭނެ މަރުކަޒަކަށް ވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދައަށް އުކާލާ ކުނި މަގުމަތީގައި ނުބެހެއްޓުމަށް އަންގައިފިޚަބަރު | 14 ގަޑިއިރު ކުރިންއާމްދަނީ އިތުވެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާ!ޚަބަރު | 5 ދުވަސް ކުރިންއެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 6 ދުވަސް ކުރިންއެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މަޢުލޫމާތު ހޯދާތީ ސަމާލުވާން އެދިއްޖެޚަބަރު | 11 ދުވަސް ކުރިން